English Edition
Dhivehi Edition

ފަންސާސް ވަނަ ޤައުމީ ޓެނިސް ޗެންޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ނެޝަނަލް ޓެނިސް ސެންޓަރުގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގެ އަންހެން ޗެންޕިއަނުންނާއި ފިރިހެން ޗެންޕިއަނުންނަށް ސެޓްފިކެޓާއި ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.

އެކި އުމުރުފުރާތަކާއި ގިންތިތަކަށް ބަހާލައިގެން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުރިޔަށްގެދިޔަ މި މުބާރާތުގައި ޖުމްލަ 150 ކުޅުންތެރިން ބައިވެރިވެއެވެ.

ޤައުމީ ޓެނިސް އެސޯސިއޭޝަނުން ބުނީ މި މުބާރާތާއެކު ރާއްޖޭގައި އެކި ފެންވަރުގެ ވާދަވެރި ޓެނިސް ކުޅުންތެރިން އުފެދިގެންދާނެ ކަމަށެވެ. މި މުބާރާތް ފެށުނުއިރު މާލޭގައި ހުންނަ ނޭޝަނަލް ޓެނިސް ސެންޓަރުގެ ހަތަރުވަނަ ޓެނިސް ކޯޓުވެސް ވަނީ މުޅިން އެއްކޮށް ނިމިފަ އެވެ. ޓެނިސް އެސޯސިއޭޝަނުން ބުނީ އޭގެ ސަބަބުން އެ ސެންޓަރުގައި ކުޅޭ ކުޅުންތެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށާއި، އެ ސެންޓަރުގައި ބައިނަލްއަޤްވާމީ މުބާރާތްތައްވެސް ބޭއްވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.