English Edition
Dhivehi Edition
ފޮޓޯ:ރައީސް އޮފީސް

ނާ އިންސާފާއި އަނިޔާވެރިކަމަށް މި ސަރުކާރާއި އެކު ނިމުމަކަށް ގެނެވިއްޖެކަމަށާއި އަނިޔާވެރިކަމާއި ނާއިންސާފުން ކަންކަން ވެދާނެތީ މިއަދު ރައްޔިތުން ބިރުގަންނަން ނުޖެހޭނެކަމަށް ނާއިބް ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ތިލަ އުތުރު އުއްތަމަ އަރުތަވެރިންނަށް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތު ގައި ވާހަކަދައްކަވަމުން ނައިބް ރައީސް ފައިސަލް ވިދާޅުވީ މި ސަރުކާރަކީ ދިވެހި ހުރިހާ ރައްޔިތުންގެ ސަރުކާރެއްކަމަށެވެ. އަދި މި ސަރުކާރާއު ދެކޮޅަށް ވޯޓް ދިން މީހުންނަށްވެސް އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމަށާއި ތަރައްޤީއާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެކަމުގައި ފައިސަލް ވިދާޅުވިއެވެ،

މީގެ އިތުރުން ފައިސަލް ވިދާޅުވީ މީގެކުރިން ދިވެހިން ކަންބޮޑުވުން އޮތީ ދުނިޔޭގެ ނޫސްތަކުގައި ރާއްޖެއަކީ ހަމަޖެހުމެއްނެތް ތަނެއްކަން ފާހަގަކޮށް ފަތުރުވެރިން ރާއްޖެއަށް ނައުމަށް ގޮވާލަމުން ގެންދާތީކަމަށެވ. އެހެންނަމަވެސް މިއަދު ރާއްޖެއަކީ އަމާންތަނެއްކަމަށާއި ޤައުމަށް ހަމަ ނޭވާލުމަށް ފުރުސަތު ދޭންޖެހޭކަމުގައި ފައިސަލް ވިދާޅުވިއެވެ.

މި އެވޯޑް ދިނުމުގެ ޖަލްސާގައި ވަނީ ގައުމީ ފެންވަރެއްގައި ކާމިޔާބުތައް ހޯދި ހއ. އަތޮޅުގެ ރައްޔިތުންގެ އަގުވަޒަންކޮށް އިނާމު ދީފައެވެ. އަދި އަތޮޅުން އެންމެ ހިންގުންތެރި ކައުންސިލްގެ އެވޯޑް މާރަންދޫ ކައުންސިލްއިން ވަނީ ހޯދާފައެވެ.