English Edition
Dhivehi Edition

ޗައިނާގެ ވުޒީ ޕީޕަލްސް ހޮސްޕިޓަލުން ދާދި ފަހުން ކުރި އޮޕްރޭޝަނެއްގައި ވަރަށް ބޮޑަށް ކަޅުވެ ހަލާކުވެފައިވާ ފުއްޕާމެއެއް ދައްކާލައިފިއެވެ.

މި އޮޕްރޭޝަން ކުރި ޑޮކްޓަރުން ބުނީ، މިއީ ކޮންމެދުވަހަކު ސިނގިރޭޓް ބުއިމުގެ އާދަވަރަށް ބޮޑަށް ހިފާފައިވާ އުމުރުން 52 އަހަރުގެ ފިރިހެނެއްގެ ފުއްޕާމޭކަމަށެވެ. މިމީހާ އަކީ ކޮންމެދުވަހަކު ސިނގިރޭޓް ފޮށްޓެއް 30 އަހަރުވަންދެން ހުއްޓާނުލާ ދުވާލެއްގެ މައްޗަށް ބޭނުން ކުރި މީހެއްކަމަށްވެސް ޑޮކްޓަރުން ބުނެއެވެ.

މީގެ އިތުރުން ޑޮކްޓަރުން ބުނީ އެމީހާ މަރުވުމުގެ ކުރިން މޭގެ އެކްސްރޭ އެއް ނަގާފައިނުވާކަމަށާއި އޭނަ މަރުވުމަށްފަހު ގުނަވަންތައް ޑޮނޭޓްކޮށްދިނުމަށް އެދިފައިވުމުން ކުރި މި އޮޕްރޭޝަނުގައި ކަޅުވެހަލާކު ވެފައިވާ ޕުއްފާމޭ ފެނުމުން ޑޮކްޓަރުންނަށްވެސް ބޮޑު ހައިރާންކަމެއް ލިބިފައިވާ ކަމަށެވެ. “އޭނަ ގެ ފުއްޕާމޭ ނެގުމަށް އޮޕްރޭޝަން ކުރީ މީހަކަށް ހަދިޔާ ކުރުމަށް ނަމަވެސް ފުއްޕާމޭ ފެނުމުން އަހަރެމެންނަށް އެނގިއްޖެ މިފުއްޕާމޭ ވަރަށް ބޮޑަށް ހަލާކުވެފައިވާކަން. އަދި އެހެން މީހަކަށް އޭގެ ބޭނުން ނުހިފޭނެ ކަން. އޭނަ މަރުވީ “ބްރެއިންޑެޑް” ވެގެން. އެވަގުތު ފުއްޕާމޭ ޑޮނޭޓްކުރުމަށް އަވަހަށް މިސާޖަރީ ހެދީ” އެމީހާގެ އޮޕްރޭޝަން ކުރި ޑޮކްޓަރުންގެ ޓީމުން ބުނެއެވެ.

މި އޮޮޕްރޭޝަނަށްފަހު ވުޒީ ޕީޕަލްސް ހޮސްޕިޓަލުން ވަނީ އެމީހާގެ ފުއްޕާމޭ ނެގި ވީޑިއޯ އެހޮސްޕިޓަލްގެ ވެބްސައިޓްގައި ހިއްސާކޮށް އެންޓި ސްމޯކިންގ އަށް އެޑެއް ހަދައިފައެވެ. އެ ވީޑިއޯ ހިއްސާކޮށްފައި ލިޔެފައިވަނީ” އަދިވެސް ސިގިރޭޓް ބޯން ހިއްވަރު އެބަހުރިހެއްޔެވެ” މިހެންނެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވަރަށް ނުރައްކާ ހުރިކަމެކެވެ. ދުނަފަތުގެ ސަބަބުން ގެއްލުންވަނީ ހަމަ އެކަނީ ސިނގެރެޓް ބޯމީހާއަށް އެކަންޏެއްނޫނެވެ. ކައިރީގައި ތިބޭމީހުންނަށްވެސް އޭގެ ނުރައްކާ ބޮޑެވެ.

ދިރާސާތަކުން ދައްކާގޮތުގައި ދުންފަތުގެއިސްތިއުމާލު ކުރާމީހުންގެ ތެރެއިން އަހަރަކު 1.2މިލިޔަން މީހުން މަރުވެއެވެ.