English Edition
Dhivehi Edition

މިއަދުން ފެށިގެން، ކެފޭތަކުގައި ސިނގިރޭޓް ބުއިމަށް ހާއްސަކޮށްފައިވާ ތަންތަން ޗެކް ކުރުމަށް ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ،

އެޗްޕީއޭ އިން ކުރި ޓުވިޓެއްގައި ބުނީ، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް، ކެފޭ ތަކާއި ފިހާރަތައް ހިންގާ ފަރާތްތައް އަހުލުވެރިކުރުމަށް ޚާއްސަ އިންސްޕެކްޝަނެއް މިއަދުން ފެށިގެން ކުރިއަށް ގެންދެވޭނެކަމަށެވެ.

އެޗްޕީއޭ އިން ބުނީ މި އިންސްޕެކްޝަން ގެ މަގުސަދަކީ މިހާރު ގަވާއިދާ ހިލާފަށް ހުރި ކަންކަން ދެނެގަނެ، މައުލޫމާތު ދީ، އިސްލާހު ކުރުން ކަމަށެވެ. ކަމާއި ގުޅުން ހުރި ދައުލަތުގެ އެހެން ބައެއް އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދާ މި އިންސްޕެކްޝަން، ކުރިއަށްދާނެ ވަކި މުއްދަތެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު ގައި ވާ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލް ކޮށްފިނަމަ ދުންފަތުގެ އިސްތިއުމާލު ކުރި މީހަކު -/500 ރުފިޔާ އިން ޖޫރިމަނާ ކުރާނެއެވެ.