English Edition
Dhivehi Edition

ފޮރިން މިނިސްޓަރ އަބްދުލްﷲ ޝާހިދު މިއަދާއި ހަމައަށް ކުރެއްވި ދަތުރުފުޅު ތަކުގެ ތަފްސީލް ބަލަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ސުވާލުތަކެއް ހުށަހަޅައިފިއެވެ.

މިކަން އޮޅުންފިލުވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ފޮނުވި ސިޓީގައި ބުނެފައި ވަނީ ފޮރިން މިނިސްޓަރާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އެކުގައި ދަތުރުކުރެއްވި އަދަދާއި މި ދެ މަގާމުގައި ތިއްބެވި ބޭފުޅުން އެކުގައި ދަތުރު ކުރަށްވަން ކީއްވެތޯ ސުވާލުކޮށްފައި ވެއެވެ.

ޖާބިރުގެ ސިޓީގައި ބުނެފައި ވަނީ މި ދެ މަގާމުގައި ތިއްބެވި ބޭފުޅުން އެކުގައި ދަތުރުކުރެއްވުމަކީ އެހެން ޤައުމުތަކުގައި ވެސް އާންމު ކަމެއްތޯ ސުވާލު ކުރަށްވާފައި އެވެ.

ޖާބިރުގެ ސުވާލުތައް ފޮރިން މިނިސްޓަރ އަށާއި ސްޓޭޓް މިނިސްޓަރަށް އަމާޒުވެފައިވާއިރު ފޮރިން މިނިސްޓަރ އަބްދުލްﷲ ޝާހިދު ރާއްޖެއިން ބޭރަށް ދަތުރުކުރަށްވާ ވަރަށް މިހާތަނަށް އެއްވެސް މިނިސްޓަރަކު ދަތުރުކުރަށްވާފައި ނުވެއެވެ. އަދި ގިނަ ބަޔަކު މިކަމާއި ސުވާލު އުފެއްދުމުން ސަރުކާރުން ބުނީ މިނިސްޓަރ ގެ ދަތުރުފުޅުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ވާ ކަމަށެވެ.