English Edition
Dhivehi Edition

ހުޅުމާލޭގެ ގެސްޓްހައުސް އެއްގައި ފިލްމީ ތަރި މަލީހާ ވަހީދު(މަލް)11 ފިރިހެނުންނާއެކު ޕާޓީ ކުރަން ތިއްބާ ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މިރޭ 08:04 ހާއިރު ހުޅުމާލޭގެ ގެސްޓް ހައުސް އެއްގައި ތިބި ބަޔަކު ބަނގުރަލާއި އެކު ހައްޔަރުކޮށްފައިވާކަމަށެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނެފައި ވަނީ މިރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި މަލް ވެސް ހިމެނޭ ކަމަށެވެ. ފުލުހުން ބުނީ މިރޭ ހުޅުމާލެއިން ހައްޔަރުކޮށްފައި ވަނީ 11 ފިރިހެނުންނާއި 1 އަންހެނުން ކަމަށެވެ.

މަލް ގެ މައްޗަށް ދައުލަތުން މިހާރުވެސް ދަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ ކުރަމުން ނެވެ. އަދި އެންމެ ފަހަށް ބޭއްވި އަޑުއެހުމުގައި މަލް ވަނީ ދައުލަތުން ކުރި ދައުވާ ތަކަށް އިންކާރު ކޮށްފައެވެ. ދައުލަތުން މަލްގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ އުމުރުދުވަހުގެ ޖަލު ހުކުމެއް މަލްގެ މައްޗަށް އަންނާނެ އެވެ.