English Edition
Dhivehi Edition

ފިލްމީ ތަރި މަލީހާ ވަހީދު(މަލް) އާއި އެކު ހުޅުމާލޭގެ ގެސްޓް ހައުސް އެއްގައި ބަނގުރަލާއި އެކު ޕާޓީ ކުރަން ތިއްބާ ހައްޔަރު 11 ފިރިހެނުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އޮންލައިން ނިއުސް “ވަގުތު” ނޫހުގައި ބުނެފައި ވަނީ މަލް އާއި އޭނާއާއި އެކު ހައްޔަރުކުރި 11 ފިރިހެނުންގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ ހުޅުމާލޭ ކޯޓުން ކަމަށެވެ.

ހުޅުމާލޭ ކޯޓުން މަލް އާއި 9 މީހުންގެ ބަންދަށް 4 ދުވަސް ޖަހާފައި ވާއިރު އެކެއްގެ ބަންދަށް ވަނީ 8 ދުވަސް ޖަހާފައި އެވެ. އަދި އެކެއްގެ ބަންދަށް 7 ދުވަސް ވެސް ވަނީ ޖަހާފައި އެވެ.

މަލް ގެ މައްޗަށް ދައުލަތުން މިހާރުވެސް ދަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ ކުރަމުން ނެވެ. އަދި އެންމެ ފަހަކަށް ބޭއްވި އަޑުއެހުމުގައި މަލް ވަނީ ދައުލަތުން ކުރި ދައުވާ ތަކަށް އިންކާރު ކޮށްފައެވެ. ދައުލަތުން މަލްގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ އުމުރުދުވަހުގެ ޖަލު ހުކުމެއް މަލްގެ މައްޗަށް އަންނާނެ އެވެ.