English Edition
Dhivehi Edition

ފިލްމީ ތަރި މަލީހާ ވަހީދު(މަލް) ގެ މައްޗަށް ދައުލަތުން ކުރި ދައުވާ ތަކަށް އޭނާ އިންކާރު ކޮށްފި އެވެ.

މަލް ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު މާލެ އިން މާމިގިއްޔަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޕޮލިސް އިންޓެލިޖެންސާއި އދ.މަހިބަދޫ ޕޮލިހާއި މާމިގިލީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެވެ.

މަލް އާއި އިތުރު އަންހެނެއް އެދުވަހު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާއިރު އެ ދެމީހުންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހާފައި އެވެ. އޭގެ ފަހުން ދޫކޮށްފައި ހުއްޓާ މިއަދު ކްރިމިނަލް ކޯޓަށް މަލް ގެނެސް ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާތަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.

މަލް އާއި އޭނާއާއި އެކު ދިޔަ މީހާގެ އަތުން ފެނުނު މަސްތުވާތަކެތި ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން މައްސަލަ ފޮނުވިއިރު މަލްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ދެ ދައުވާއެކެވެ. ދައުލަތުން މަލްގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އަކީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އެވެ.