English Edition
Dhivehi Edition

ދިވެހި ފިލްމީ ތަރި މަލީހާ ވަހީދު(މަލް) ގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓެރްފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން މިއަދު އިއްވައިފިއެވެ.

ޕޮލިސް އިންޓެލިޖެންސާއި އދ.މަހިބަދޫ ޕޮލިހާއި މާމިގިލީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަލް ހައްޔަރުކޮށްފައި ވަނީ އޮގަސްޓު މަހުގެ 27 ހުގައި އެވެ. މަލް ހައްޔަރު ކޮށްފައި ވަނީ މާލެ އިން މާމިގިއްޔަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.

އޮގަސްޓު 27 ހުގައި ފުލުހުން ބުނީ މާމިގިލިން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރީ 23 އަހަރުގެ ދިވެހި ދެ އަންހެނުން ކަމަށެވެ. ނަމަވެސް ހައްޔަރުކުރި ދެ މީހުންގެ މައުލޫމާތު ފުލުހުން ހާމަނުކުރާއިރު ރާއްޖޭގެ ބައެއް މީޑިޔާތަކުގައި ބުނެފައި ވަނީ އެދުވަހު ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކީ ފިލްމީ ތަރި މަލް ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އޭރު މިދެމީހުންގެ ބަންދައްވެސް 15 ދުވަސް ޖަހާފައި އެވެ.