English Edition
Dhivehi Edition

ފަނޑިޔާރުން ވަކިކުރަން މިއަދު ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޑުގައި ވޯޓު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުލްﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ވިދާޅުވީ މިގޮތަށް ނިންމީ ޤާނޫނުއަސާސީއާ ޚިލާފަށް ފަނޑިޔާރުގެ ފުނޑާލައި ފަނޑިޔާރުން ނިންމާ ހުކުމް ތަކަށް އިހުތިރާމް ނުކޮށް، ފަނޑިޔާރުގެއަކީ އަމިއްލަ މިލްކިއްޔާތުގެ ގޮތުގައި ހަދައި އެއް މޭޒަކުން ހުކުމް ނިންމަމުން ދާތީ ކަމަށެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވާފައި އެވެ. އަދި މަޖިލީހުގެ ޖުޑިޝަރީިން ކޮމިޓީން ވަނީ މި މައްސަލަ ދިރާސާކޮށްފައި އެވެ.

ޖާބިރު މިއަދު ވަނީ އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީއިން ކުރާ ކަމަކީ ފަނޑިޔާރު ގޭގައި ތިއްބެވި ބޭފުޅުން ބޭރުކޮށް ބުނާހާ ގޮތަކަށް ހުކުމް ތައް ނެރޭ މީހުން ފަނޑިޔާރުގެއަށް ލަމުން ދިއުން ކަމަށް ޖާބިރު ވިދާޅުވި އެވެ.