English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ލިބިއްޖެނަމަ ދައުލަތުގެ ބަޖެޓް 2 ބިލިއަނަށް ހަދާ ރާއްޖެ މައްޗަށް ހިއްލާލާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުލްﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ މިއަދު ހެނދުނު ރާއްޖެ ޓީވީގެ “ފަށާއިރު” ޕްރޮގްރާމްގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

މިއަދު ޖާބިރު ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރި ވެލައްވާ ކަމަށާއި، މަޖިލިސް ރައީސްކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށެވެ. “މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން އެބަހުރި، ވަރަށް ބޮޑަށް އަޅުގަނޑު ލައިކްވާކަމެއް އެއީ. ކުރިމަތިލާން ނިންމައިގެން މިހުންނަނީ.” ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މަގާމަށް އަސްލަމް އަށް ތާއީދު ކުރަށްވާ ކަމަށެވެ. ޖާބިރު މިއަދު ވިދާޅުވީ އަސްލަމަކީ ވަރަށް ޤާބިލް ބޭފުޅެއް ކަމަށާއި، އަސްލަމަށްވެސް ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް ޖާބިރުވެސް ކުރިމަތިލައްވަން ނިންމަވާފައިވާތީ ދެން އޮންނާނީ ވާދަކުރުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ ރައީސްކަން އޭނާ ކުރަށްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާ ގާތު ވިދާޅުވުމުން އެކަނި ކަމަށެވެ. އެނޫން އެހެން ގޮތަކަށް ނުކުރައްވާނޭކަމަށް ޖާބިރު ވިދާޅުވި އެވެ.