English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެ އިސްތިއުފާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުލްﷲ ޖާބިރު ގޮވާލައިފި އެވެ. ޖާބިރު މިގޮތަށް ވިދާޅުވެފައިވަނީ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރުޕީ) ގެ ލީޑަރުކަންވެސް ކުރަށްވަމުން ގެންދަވާ ޢަބްދުﷲ ޖާބިރު ވިދާޅުވީ ރައީސް ސޯލިހު ގެ ވެރިކަމަށް އެއް އަހަރު ވެއްޖެ ކަމަށާއި ރައީސް އިސްތިއުފާ ދޭނެ ކަމަށާއި މިއަދަކީ ރައީސް އިސްތިއުފާ ދެއްވަންވީ ދުވަސް ކަމަށެވެ.

ޖާބިރު މިއަދު ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ގެނައީ ކުރު މުއްދަތަކަށް ކަމަށާއި ރައީސް ސޯލިހު ގެނައީ ކަންކަން އިސްލާހު ކުރުމަށް ކަމަށެވެ.

ޖާބިރު ވަނީ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިނގާ ގޮތަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ. އެގޮތުން ޖާބިރު ވިދާޅުވީ މަޖިލީހުގެ ބައެއް ކަންކަން ހިނގަނީ ރައީސް ސޯލިހް ބޭނުންފުޅުވާ ގޮތަށް ކަމަށް ވިދާޅުވެފައެވެ.