English Edition
Dhivehi Edition

ފަލަވުމުން އެކަމާ ކަންބޮޑުވެ ހިތާމަކޮށް ހިކެން އެތައްބަޔަކު މަސައްކަތް ކުރެއެވެ. ނަމަވެސް މިހާރު ހުރިބަރުދަނަށް ވުރެން ބަރުދަން އިތުރުކުރަން ބޭނުންވާ މީހަކު މިވަނީ އެވާހަކަ މީޑިއާތަކާއި ހިއްސާކޮށްފައެވެ.

އެމެރިކާގެ ޓެކްސަސް އަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މޮނިކާ ބުނަނީ އޭނަ ބޭނުންވަނީ ފަލަމީހަކަށްވެ އޮތްތަނުން އަމިއްލައަށް ނުތެދުވެވޭވަރަށް ބަރުދަން އިތުރުކުރުމަށެވެ. މިހާރުވެސް ބަރދަނުގައި 700 ޕައުންޑް (317ލިކޯ) ހުންނަ މޮނިކާ ބުނާގޮތުން ފަލަ ވުމަކީ އޭނަދެކޭ ހުވަފެނެކެވެ.

ކުޑައިރުންފެށިގެން ފަލަކޮށް ހުންނަ މޮނިކާ މާބޮޑަށް ފަލަވާން ފެށުމުން ޑޮކްޓަރުން ވަނީ އޭނަގެ ހަށިގަނޑުގައި ހުރި މަސްތައް ސާޖަރީކޮށް ހަށިގަނޑު ލުއިކުރުމަށް އޮޮޕްރޭޝަނަކަށް ތައްޔާރުވެސް ކޮށްފައެވެ. ނަމަވެސް އެންމެ ފަހުވަގުތު މޮނިކާވަނީ މިކަމާ ދެކޮޅުހަދައި އޭނަބޭނުން ވަނީ އިތުރަށް ފަލަވާން ކަމަށްބުނެ ސާޖަރީ ކެންސަލްކޮށްފައެވެ.

އޭނަބުނާގޮތުން އޭނަދެކޭ ހުވަފެނަކީ 1000ޕައުންޑް ބަރުދަނުގައި ހުރުމެވެ.އަދި ދުނިޔެގައި ހުރި އެންމެ ފަލަމީހާގެ ލަގަބު އޭނައަށް ލިބުމަކީ އޭނަދެކޭ ހުވަފެނެކެވެ.

“އަހަރެންގެ ލޯބިވެރިޔާ އަހަންނަށް އަބަދުވެސް ކާންދޭ. އަހަރެންގެ މަންމަ އަހަރެން ފަލަވުމުން އެކަމާ ވަރަށް ކަންބޮޑުވޭ އަބަދުވެސް ބުނަނީ އަމިއްލަ ހަށިގަނޑަށް އަމިއްލައަށް ގެއްލުންދެނީ ކަމަށް. އަހަންނަށް އިނގޭ މަންމަގެ އިހުސާސްތައް. އަހަރެން ކޮންމެދުވަހަކު 8000ކެލޮރީސް ބޭނުން ކުރަން . ނަމަވެސް ފަލަވުމަކީ އަހަރެން އުފާވާކަމެއް” މޮނިކާ ބުންޏެވެ.

ހަށިގަނޑު ކިތަންމެ ފަލަވެ މީހާ ހެލިފެލިވެނޫޅެވޭ ވަރުވީނަމަވެސް މޮނިކާ ބުނަނީ އޭނަ އޭނަގެ ހަށިގަނޑުދެކެ ލޯބިވާކަމަށާއި މިހާރު ހުރިސިފަވެސް އޭނައަށް ކަމުދާކަމަށެވެ. އޭނަ ބުނާގޮތުން އޭނަގެ އެއްވެސް ކަމެއް އަމިއްލަ އަށް ކުރަން ނުޖެހުމުން އޭނައަށް އިހުސާސްވަނީ އޭނައަކީ “ކްއީން” އެއްކަމަށެވެ.

ހަށިގަނޑު ފަލަވުމަކީ އެއްވެސް ހާލެއްގައި ރަނގަޅުކަމެއް ނޫނެވެ. މީހާގެ އިސްކޮޅާއި އުމުރާ ގުޅޭގޮތަށް ބަރުދަން ބަހައްޓަން އާދަކުރުމަކީ އިންސާނާ ދުޅަހެޔޮކަންމަތީގައި ހުރުމަށް ވަރަށް މުހިންމުކަމެކެވެ. އެހެން މަނަވެސް މޮނިކާ ބޭނުންވަނީ ފަލަވަމުން ގޮސް އޭނައަށް އަމިއްލައަށް ނުއުޅެވޭވަރަށް ފަލަވެ އެންމެ ފަލަމީހާގެ ލަގަބުއޭނައަށް ލިބުމެވެ.