ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން މެންދުރު 12 އިން ހަވީރު 4 އަށް ހުދު ސަމާލު ނެރެފައި މިވަނީ ކ.އަތޮޅުން އައްޑޫސިޓީ އާއި ހަމައަށެވެ. ކ.އަތޮޅުން އައްޑޫސިޓީ އާއި ހަމައަށް ހުދު ސަމާލު ނެރެފައި މިވަނީ ލ.އަތޮޅުން އައްޑޫސިޓީ އާއި ހަމައަށް ހުދު ސަމާލު ނެރެފައި ވަނިކޮށެވެ.
މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވެސް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި ބައެއް ސަރަހައްދު ތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.
ވައި ޖެހޭނެ ގޮތަށް ބަލާއިރު އިރާއި އިރު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ. ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާއި ދެމެދުގައެވެ.