ލ.އަތޮޅުން އައްޑޫސިޓީ އަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ނެރެފައިވާ ހުދު ސަމާލު ގައި ބުނެފައި ވަނީ މި ސަރަހައްދަށް މިއަދުގެ 0830 އިން 1200 އާއި ދޭތެރޭ ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށެވެ.
White Alert for heavy rain pic.twitter.com/pd2zvMAetx
— Maldives Meteorology (@MetMaldives) November 16, 2019
މީގެ އިތުރުން މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވެސް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި ބައެއް ސަރަހައްދު ތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ވައި ޖެހޭނެ ގޮތަށް ބަލާއިރު އިރާއި އިރު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.
ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ. ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާއި ދެމެދުގައެވެ.