English Edition
Dhivehi Edition
ނުވަވަނަ ފިލްމު އެވޯޑު ޙަފްލާގެ ތެރެއިން/ފޮޓޯ ރައީސްއޮފީސް

ރާއްޖޭގެ ނުވަވަނަ ޤައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް ވިޝްކާ ހޮވިއްޖެއެވެ. މިނިސްޓްރީ އޮފް އާރޓްސް،ކަލްޗަރ އެންޑް ހެރިޓޭޖް އުފެދުމަށްފަހު އެމިނިސްޓްރީގެ ބެލުމުގެ ދަށުން ބޭއްވި ފުރަތަމަ ދިވެހި ފިލްމު އެވޯޑް ގައި ވިޝްކާއަށް ޖުމްލަ 7 އެވޯޑެއް ލިބިފައިވެއެވެ. އެޙަފްލާގައި އެންމެ މޮޅު ބަތަލާއަކަށް ހޮވުނީވެސް “ވިޝްކާ” އިން ޢައިޝަތު ރިޝްމީ އެވެ.

ސާކް ފިލްމު ފެސްޓިވަލްގައިވެސް މި ފިލްމުން އޭނާ ވަނީ އެންމެ މޮޅު ބަތަލާ އަށް ހޮވިފަ އެވެ. އޭގެއިތުރުން “ވިޝްކާ”އަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ ،އެންމެ މޮޅު އާޓް ޑައިރެކްޝަން، އެންމެ މޮޅު ކޮސްޓިއުމް ، ބެސްޓް ސައުންޑް، އަދި އެންމެ މޮޅު ސިނަމަޓޯގްރަފީ ހިމެނެ އެވެ.

ވިޝްކާގެ ކާމިޔާބީއާއެކު ދެން އެންމެ ވާދަވެރި ފިލްމަކަށް ހޮވުނީ ޔޫސުފް ޝަފީއުގެ “ދެވަންސޫރަ” އެވެ. ޔޫއްޕެ ވަނީ މިފިލްމާއެކު ހަތަރު އެވޯޑެއް ޙާސިލްކޮށްފައެވެ. އެންމެ މޮޅު ޑައިރެކްޝަން އާއި ފިރިހެން ބަތަލުގެ އެވޯޑުވެސް ލިބުނީ މި ފިލްމުގައި ޔޫއްޕެ ދައްކައިދިން މޮޅު ހުނަރަށެވެ. އޭގެ އިތުރުން އެންމެ މޮޅު ސްކްރީންޕްލޭ އަދި އެޑިޓިން އަށް އެވޯޑު ލިބިފައިވެއެވެ.

ނުވަވަނަ ފިލްމު އެވޯޑް ޙަފްލާގެ ތެރެއިން/ފޮޓޯރައީސްއޮފީސް

 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފްވެރިކޮށްދެއްވި އެވޯޑު ޙަފްލާގައި ފިލްމީ ދާއިރާއިން ލައިފް ޓައިމް އެވޯޑް ޙާޞިލުކުރެއްވީ މި ދާއިރާގައި 38 އަހަރު ހޭދަކޮށްފައިވާ އެކްޓަރ މުޙައްމަދު ރަޝީދެވެ. އޭނާއަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއިބްރާހިމް މުޙައްމަދު ސާލިޙްއެވެ.

ފިލްމު އެވޯޑުތައް ހާސިލް ކުރި ފަރާތްތައް

ލައިފްޓައިމް އެޗީވްމަންޓް އެވޯޑު: މުހައްމަދު ރަޝީދު (ދަރާ ރަޝީދު)

 

ސްޕެޝަލް ޖޫރީ ޕްރައިޒް (ޔަންގް ޓެލަންޓް): މަރިޔަމް ޔަލާ – ވަކިން ލޯބިން

ސްޕެޝަލް ޖޫރީ އައުޓްސްޓޭންޑިން ޕާފޯމަންސް: އަލީ އާޒިމް

އެންމެ މޮޅު އެކްޓަރު (އަންހެން): ރިޝްމީ ރަމީޒް – ވިޝްކާ

އެންމެ މޮޅު ފިލްމު: ވިޝްކާ

އާޓް ޑިރެކްޓާ: އަހްމަދު މުހައްމަދު – ވިޝްކާ

ކޮސްޓިއުމް ޑިޒައިން: ނޫރާ – ވިޝްކާ

ސައުންޑް ޑިޒައިން: މުހައްމަދު އިކްރާމް – ވިޝްކާ

ސިނަމެޓޮގްރަފީ: އަހްމަދު ޝާމިން ނިޒާމް – ވިޝްކާ

ލަވަކިޔުންތެރިޔާ (އަންހެން): ރިފްގާ ރަޝީދު – ވިޝްކާ

އެޑިޓިން: ޔޫސުފް ޝަފީއު – ދެވަންސޫރަ

ސްކްރީންޕްލޭ: ޔޫސުފް ޝަފީއު – ދެވަންސޫރަ

އެންމެ މޮޅު އެކްޓަރު (ފިރިހެން): ޔޫސުފް ޝަފީއު – ދެވަންސޫރަ

އެންމެ މޮޅު ޑައިރެކްޓަރު: ޔޫސުފް ޝަފީއު – ދެވަންސޫރަ

ސަޕޯޓިން އެކްޓަރު (އަންހެން): ހަދީޖާ އިބްރާހިމް ދީދީ – ވަކިން ލޯބިން

ސަޕޯޓިން އެކްޓަރު (ފިރިހެން): އަލީ އާޒިމް – ހައްދު

ބެކްގްރައުންޑް ސްކޯ: އިސްމާއިލް އަދީލް – އިލްނޮއިސް

ލަވަކިޔުންތެރިޔާ (ފިރިހެން): އަހްމަދު ނަބީލް – ބޮސް

މި ފަހަރުގެ ދިވެހި ފިލްމު އެވޯޑަށް 2017 އަދި 2018 ވަނަ އަހަރު ނެރެފައިވާ ފިލްމުތައްވެސް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ކުރުފިލްމަކާއި 12 ފީޗާ ފިލްމު ހިމެނެއެވެ.

ނުވަވަނަ ފިލްމު އެވޯޑު ޙަފްލާގެ ތެރެއިން/ފޮޓޯ ރައީސްއޮފީސް