English Edition
Dhivehi Edition

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އަށް ދައުލަތުން ފޯރުކޮށްދެމުންދާ ސެކިއުރިޓީ އަދި ޢިނާޔަތްތައް މެދުކަނޑައިލައިފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ ތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

އުއްތަމަ ފަނޑިޔާރަށް ދައުލަތުގެ ފަރާތުން ދައުލަތުގެ ނިޝާން ޖެހި ކާރު ކޮޅަކާ އެކު އެމްއެންޑީއެފްގެ ސެކިއުރިޓީވެސް ލިބިވަޑައިގަންނަވަ އެވެ.

މިކަމާއި ގުޅޭގޮތުން ރޭ އެމްއެންޑީއެފް އިން އުއްތަމަ ފަނޑިޔާރަށް އެ މުއައްސަސާ އިން ފޯރުކޮށްދެމުންދާ ސެކިއުރިޓީ އާއި އެހެނިހެން ޚިދުމަތްތައް ކަނޑާލާފައި ނުވާ ކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އުއްތަމަ ފަނޑިޔާރާއި ބެހޭގޮތުން ތަޙުޤީޤުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާފަދަ ޢަމަލުތަކެއް ކޮށްފިކަމަށް ތަޙުޤީޤު ކޮމިޓީއަށް ފެންނާތީ، އެމަނިކުފާނުގެ މައްޗަށް ތަޙުޤީޤު ކޮމިޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ޤާނޫނު އަސާސީގެ 154 ވަނ ަމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެންނުވާ ފަދަ ޢަމަލުތަކެއް ކަމަށް ވުމުން، ޖޭއެސްސީގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރުގެ ދަށުން، އުއްތަމަ ފަނޑިޔާރު ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމައި އެ މައްސަލަ ވަނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން، އުއްތަމަ ފަނޑިޔާރާއި ބެހޭގޮތުން ޖޭއެސްސީ އިން ތަޙުޤީޤުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، އެމަނިކުފާނު ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭކަމަށް ފެންނާތީ، 60 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

އުއްތަމަ ފަނޑިޔާރު ވަކިކުރަން ނިންމި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އިން ދިރާސާކުރުމަށްފަހު، ޖޭއެސްސީގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ވަނީ ފާސްކޮށްފަ އެވެ. އެހެންކަމުން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް އަލުން ހުށަހެޅޭނެ އެވެ. ޤާނޫނުގައި ބުނެފައިވާ ގޮތުން ފަނޑިޔާރެއްގެ މަޤާމު ގެއްލޭނީ ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރަކާ ދެކޮޅަށް ވޯޓު ދިނުމުންނެވެ.