English Edition
Dhivehi Edition
39 ވަނަ މަސްވެރިންގެ ދުވަހާއި ދުވަހާއި ގުޅުވައިގެން “ފިޝަރީޒް އެކްސްޕޯ 2019” ގެ ނަމުގައި އެކްސްޕޯއެއް ބޭއްވުމަށް ފިޝަރީޒް މިނިސްޓްރީ އިން ނިންމައިފި އެވެ.
އެ މިނިސްޓްރީ ބުނީ އެ އެކްސްޕޯގެ މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާގެ އެކިއެކި ވަޟީލަތްތަކާއި އެމަސައްކަތްތައް ކުރުމަށް ބޭނުންކުރާ އާލާތްތައް އަދި އެ ޞިނާޢާތްތަކުގެ އުފެއްދުންތަކާއި އެޞިނާޢަތްތަކާއިބެހޭ މަޢުލޫމާތުތައް ފުޅާ ދާއިރާއެއްގައި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުން ކަމަށެވެ.

އަދި އެ އެކްސްޕޯގައި މަސްވެރިކަމާއި ގުޅުންހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުޞޫލުން ވިއްކުމަށް ބައިވެރިންނަށް ފުރުޞަތު ލިބިގެންދާނެ ކަމަށާއި، މަހުގެ އުފެއްދުން އުފައްދާ ފަރާތްތަކަށް އެފަރާތްތަކުގެ އުފެއްދުން މާކެޓްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީ އިން ބުނެއެވެ.

އަންނަ ޑިސެމްބަރު މަހުގެ 6-8 އަށް ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު 28 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

މި އެކްސްޕޯގައި ބައިވެރިކުރެވޭ ތަކެތީގެ ތެރޭގައި މަހާއި މަހުގެ އުފެއްދުން، މަސްވެރިކަންކުރުމުގައި ބޭނުންކުރާ އާލާތްތަކުގެ އިތުރުން މަސްވެރިކަމުގެ ދާއިރާއާއި ގުޅުންހުރި އާލާތްތައް ވެސް ހިމެނެއެވެ.

މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.