English Edition
Dhivehi Edition

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފިއެވެ.

މޫސުމާއި ބެހޭ އިދާރާއިން ބުނީ މިއަދު ވައި ޖެހޭނީ އިރާއި އިރު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނުގައި ވައި ޖެހުންވެސް އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު ކަނޑުުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ. ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާއި ދެމެދުގައި އެވެ.

މިއަދު ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދަމު 0301 ގައި އެވެ. ދިޔަވަރު އެންމެ ހިކޭނީ އިރާކޮޅު 2056 ގައި އެވެ.