English Edition
Dhivehi Edition

70 މެމްބަރުންގެ ތާއީދާއެކު އިލެކްޝަންސް ކޮމިޝަން(އީސީ) ގެ ރައީސް ކަން ކުރިންވެސް ކުރައްވާފައިވާ ފުއާދު ތައުފީގު އީސީގެ މެމްބަރަކަށް އިންތިހާބު ކޮށްފި އެވެ.

އީސީގެ މެމްބަރު ކަމަށް ފުއާދު އައްޔަން ކޮށްފައި މިވަނީ އެ ކޮމިޝަންގެ މެންބަރު ކަމުގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާގެ ދައުރު މިމަހުގެ 24 ވަނަ ދުވަހު ހަމަވާތީއެވެ.

އިލެކްޝަންސް ކޮމިޝަން(އީސީ)ގެ މެމްބަރު ކަމަށް 10 ބޭފުޅަކު ކުރިމަތި ލެއްވި އެވެ. ނަމަވެސް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރުހުން ދީފައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ 4 ބޭފުޅެއްގެ ނަމެވެ. ފުއާދުގެ އިތުރުން ދެން މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނީ އީސީގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ ނަމެއެވެ.

އީސީގެ ރައީސް ކަމުގެ މަގާމް ފުއާދު އެންމެ ފަހަކަށް ފުރުއްވީ 2013 ގައިއެވެ. އޭގެ ފަހުން ސިޔާސީ މައިދާނަށް ނިކުމެ ވަޑައިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އަށް ސަޕޯޓު ކުރައްވަން ހުންނެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން މައްޗަންގޮޅި ދެކުނު ދާއިރާއަށް ވާދަކުރެއްވި އެވެ.