ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްގެ މަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ އަރީފް އިސްތިއުފާ ދެއްވައިފިއެވެ. ޖޭއެސްސީ ގެ ރައީސް ކަމުގެ މަގާމުން އަރީފް އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައި އެވެ.
އޮންލައިން ‘ނިއުސް’ ފެށުން ނޫހުގައި ބުނެފައިވާގޮތުގައި އަރީފް އިސްތިއުފާ ދެއްވި ކަމަށް އެ ނޫހަށް އެނގިފައިވާ ކަމަށެވެ.
އަރީފް ޖުޑިޝަލް ސަރވިސް ކޮމިޝަން ގެ ރައީސް ކަމުގެ މަގާމަށް އައްޔަން އިންތިޚާބުކުރީ ޖުލައި 11، 2017 ގައެވެ.
“އަރީފް މަޤާމުން އިސްތިއުފާ ދެއްވި ސަބަބު ސާފުވެފައި ނުވާއިރު، މިކަމާ ގުޅިގެން ޖޭއެސްސީއިންވެސް މިހާތަނަށް ވަކި އެއްޗެއް ވިދާޅުފައެއް ނުވެއެވެ.
ނަމަވެސް، ފަނޑިޔާރު ޢަބްދުﷲ އަރީފްވެސް ހިމެނޭހެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރެއްގެ ގިނަ މައްސަލަތަކެއް ޖޭއެސްސީއިން އަންނަނީ ބަލަމުންނެވެ.” ފެށުން ނޫހުގައި ބުނެފައި ވެއެވެ.