English Edition
Dhivehi Edition

ޖުޑިޝަރީ އިސްލާހު ކުރުމަކީ ‘ސެކިއުލާ’ ކުރުން ކަމަށް ވަނީނަމަ އެކަމާ ދެކޮޅަށް ރައްޔިތުން ތެދުވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޒައިދް މިހެން ވިދާޅުވީ ޝެއިޚް މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ.

“ރާއްޖެ ފަދަ 100% އިސްލާމީ ޤައުމެއް ގެ އުއްތަމަ ފަނޑިޔާރަކަށް ހުންނަން ވާނީ ޝަރުޢީ އިލްމު ހުރި ޤާބިލް އަމާނާތްތެރި ބޭފުޅެއް! ޖުޑިޝަރީ އިސްލާހު ކުރަން ވާނެ. އެކަން އަވަހަށް ކުރަށްވާ! ނަމަވެސް ‘އިސްލާހު’ ކުރުމަކީ ‘ސެކިއުލާ’ ކުރުން ކަމަށް ވަނީނަމަ އެކަމާ ދެކޮޅަށް ރައްޔިތުން ތެދުވާނެ!” ޝެއިޚް ޒައިދުގެ ޓުވީޓުގައި ވިދާޅުވިއެވެ.


ޝެއިޚް މިފަދަ ޓުއީޓެއް ކުރަށްވާފައި މިވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މައްސަލައެއް ބަލަން ނިންމާފައި ވަނިކޮށެވެ. ޖޭއެސްސީން މިގޮތަށް ނިންމި ކަމުގައި ވިޔަސް އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއީ ޤާނޫނާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެ ސަރުކާރުގެ އެއް ވައުދު ތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރުމެވެ.