English Edition
Dhivehi Edition
އައްޝައިޚް އިލްޔާސް ޙުސައިން ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖޭގެ ޖުޑީޝަރީއަށް ޝަރީޢަތާ ބީރައްޓެހި ނޫންބަޔަކު އިޚްތިޔާރުކުރައްވަން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން އެދިލައްވައިފިއެވެ.

ޝެއިޚް އިލްޔާސް މިހެން އެދިއްލައްވާފައި ވަނީ ޝެއިޚް މިރޭ ކުރެއްވި ޓްވީޓެއްގައި އެވެ.

“‏ދައްކާވާހަކައިގެ މަފުހޫމު އޮޅުވާނުލައްވާ ޖުޑިޝަރީގެ ހުރި މައްސަލަތައް ހައްލުކުރަން ޖެހޭ، ނަމަވެސް އިސްލާމީ ޝަރީޢަތާ ބީރައްޓެހި ބަޔަކު ގެނައުމަކީ އިސްލާޙުކުރުންތޯ؟ ޝަރީޢަތާ ބީރައްޓެހި ނޫންބަޔަކު އިޚްތިޔާރުކުރައްވާ ނުފޫޒުން އެއްކިބާވެތިއްބަވައިގެން މަސައްކަތްކުރައްވާ” އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވިއެވެ.

ޝެއިޚް އިލްޔާސް މިގޮތަށް ޓުއީޓެއް ކުރަށްވާފައި މިވަނީ މީގެ ކުރީގައި ޝެއިޚް ކުރެއްވި ޓުވީޓަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ދަނޑިވަޅެއްގައި އެވެ. ޝެއިޚް އިލްޔާސް އިއްޔެ ކުރެއްވި ޓުވީޓުގައި ވަނީ ސުޕްރީމްކޯޓުގެ އިސްފަނޑިޔާރު، އުއްތަމަ ފަނޑިޔާރަށް ވަރަށް ބޮޑަށް ތާއީދު ކުރަށްވައި ވާހަކަފުޅު ދައްކަވާފައިއެވެ.