English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގެ ޝަރީޣަތަށް 5 ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި އެވެ.

ކްރިމިނަލް ކޯޓުން އެކުލަވާލި އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ޤާޛީ އަހުމަދު ޝަކީލާއި ޤާޛީ އަލީ ރަޝީދާއި ޤާޛީ ހުސެއިން ފާއިޒް ރަޝާދާއި ޤާޛީ މުހައްމަދު ސަމީރާއި ޤާޛީ އަލީ އާދަމް އެވެ.

ރައީސް ޔާމީން ގެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އިސް ޤާޛީ ހައިލަމް އެވެ. ނަމަވެސް ހައިލަމް ވައިބާ ގުރޫޕަކަށް ލީ ފޮޓޯއެއްގެ މައްސަލައިގައި ޤާޛީ ހައިލަމް ވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ސަސްޕެންޑް ކޮށްފައެވެ.

ޤާޛީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ލީ ފޮޓޯގައި ފެންނަނީ 3 ނޮވެމްބަރުގެ ޚާއިނުންނާއި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ކަރުގައި ޗޭނު އައްސައިގެން ޝަހީދު ހުސެއިން އާދަމް ހިންގަވާ މަންޒަރެވެ.