English Edition
Dhivehi Edition

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ރައީސް އަކަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް އިންތިހާބު ކޮށްފިއެވެ. ރައީސް މައުމޫން އެމްއާރްއެމްގެ ރައީސް ކަމަށް އިންތިހާބު ކޮށްފައި ވަނީ މިރޭ އެމްއާރުއެމް އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެވެ.

ރައީސް މައުމޫން، އެ މަގާމަށް އިންތިހާބުކުރީ ނެގި ފެންނަ ނުފެންނަ ވޯޓަކުން، ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްއާރްއެމް އަކީ ރައީސް މައުމޫން އުފެއްދެވި 3 ވަނަ ޕާޓީއެވެ. އެންމެ ފުރަތަަމަ ރައީސް މައުމޫން އުފެއްދެވީ ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރްޕީ) އެވެ. އެއަށްފަހު އުފެއްދެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އެވެ. މި ދެ ޕާޓީ ވެސް އަދިވެސް ސިޔާސީ މައިދާނުގައި އޮވެއެވެ. އެގޮތުން ޕީޕީއެމް އަކީ ސަރުކާރާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެވެ.