މިސް ވޯލްޑް މުބާރާތުގައި ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލުކުރުމަށް މަރިޔަމް އީމާ މުހައްމަދު ތައްޔާރުވެއްޖެއެވެ. އޮގަސްޓު މަހުގެ ތިންވަނަ ދުވަހު ބޭއްވި ހަފްލާގައި އީމާ ވަނީ މިސް ވޯލްޑް ރާއްޖެ 2026 ގެ ތާޖު ކާމިޔާބުކޮށް، މުޅިން އާ ރެކޯޑެއް ގާއިމުކޮށްފައެވެ.
އުމުރުން 23 އަހަރުގެ އީމާއަކީ މޮޑެލްކުރުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ ފަރާތެކެވެ. މީގެ ކުރިން 2000 ވަނަ އަހަރު ރާއްޖެއިން ވަނީ 50 ވަނަ މިސް ވޯލްޑް މުބާރާތް ކޯ-ހޯސްޓުކޮށްފައެވެ. ނަމަވެސް، އެ މުބާރާތުގައި މީގެ ކުރިން ރާއްޖޭގެ ރަސްމީ ބައިވެރިއަކު ވާދަކޮށްފައެއް ނުވެއެވެ. އީމާގެ މި ކާމިޔާބީއާއެކު ރާއްޖެއަށް މި ދާއިރާއިން އާ ދޮރެއް ހުޅުވިގެން ގޮސްފައިވެއެވެ.
އީމާ ރާއްޖެ ތަމްސީލުކުރުމަށް ހަމަޖެހިފައިވަނީ ވިއެޓްނާމްގައި އޮންނަ 75 ވަނަ މިސް ވޯލްޑް ފެސްޓިވަލްގައެވެ. މި މުބާރާތް ކުރިއަށްދާނީ އޮގަސްޓު މަހުގެ 9 އިން ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ނަން ފާހަގަކޮށްލެވޭނެ މުހިންމު ފުރުސަތެކެވެ.