ކެންސަރު ބައްޔަކީ މިއަދު ދިވެހިންގެ ތެރޭގައި ވަރަށް ޢާއްމު ނުރައްކާތެރި ބައްޔެކެވެ. މިހާ ހަލުވިކޮށް މި ބަލީގައި އެތައް ފުރާނައެއް ނެތިވެފަނާވެ ދާދިއުމާމެދު ދިރާސާ ކުރާ ފަރާތްތަކާއި ސިއްޙީ ތަޖުރިބާކާރުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް އިރު މިއީ އަޅުގަނޑު މެންގެ އުޅުމާއި ދިރިއުޅުމުގެ އާދަ ތަކާއި ކެއިންބުއިމާވެސް ގުޅިލާމެހިފައިވާ ކަމެކެވެ. ބަންދު ކުރި ދަޅާ ފުޅީގައި ހުންނަ މީރު ކާބޯތަކެއްޗާއި ދޮންވެ ފައްކާވެފައިވާ ތާޒާ މޭވާ އާއި ތަރުކާރީ ބޭނުންކޮށްލާ ވަގުތު އޭގެ ވަހާއި ރަހައިން ކިތައްމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމުގައި ވިޔަސް އެތެރެ ހައްޓަށް އެ ފޮނުވާލެވެނީ ގޮތްނޭނގޭ އެތައް ވިހަ މައްދާތަކެކެވެ. މިބަލާލަނީ ކެންސަރަށް މަގުފަހިފާ މިފަދަ ބައެއް ކާނާގެ ބާވަތްތަކަށެވެ.
މިހިމަނާލެވުނީ ސިއްޙަތަށް ގެއްލުންދޭ އަދި ކެންސަރަށް މަގުފަހިވާ ކާނާ ގެ ވަރަށް ކުޑަ މިންވަރެކެވެ. ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ހަށިގަނޑަށް އެތެރެ ކުރެވޭ ކާނާއިން މީހާ ހަލާކުކޮށްލުމަށް ފުރުސަތު ހުޅުވާ ނުލައްވާށެވެ. ކުޑަވެގެން ކާނާ ޕެކްކުރެވިފައިވާއިރު އޭގެ ލޭބަލް ރަނޅަށް ކިޔާ ފަ ނޫނީ އެއްވެސް އެއްޗެއް ބައްލަވައި ނުގަންނާށެވެ. ދުޅަހެޔޮ ސިއްޙަތެއް ހޯދުމަށް މަސައްކަތް ކުރުން އެއީ ތިމާގެ އަމިއްލަ ޒިއްމާއެކެވެ.