English Edition
Dhivehi Edition

ހޮންކޮންގު ގައި އެތައް މަސްތަކެއް ވަންދެން ކުރަމުން އަންނަ މުޒާހަރާތަކުގައި ގެއްލުންވެފައިވާ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ހޮންކޮންގު ގެ އެންމެ މުއްސަނދި މީހާ ލީ ކާ ޝިންގް މިލިއަނުން ޑޮލަރު ދޭން ނިންމައިފި އެވެ.

ހޮންކޮންގު ގެ އިގްތިޞައުދަށް ބޮޑު ހުއްޓުމެއް އައިސްފައިވާ މި ދަނޑިވަޅުގައި 91 އެއް އަހަރުގެ ބިލިއަނަރެއް ކަމަށްވާ ލީ ގެ މި އިސްނެންގެވުމުގެ ދަށުން އެހެން ފަރާތްތަކުން ވެސް އެހީތެރިވެދެއްވުމަށް އޭނާ އެދިފައި ވެއެވެ. ލީ ވަނީ 1 ބިލިއަން ހޮންކޮންގު ޑޮލަރު(128 މިލިއަން އެމެރިކާ ޑޮލަރު) ހަދިޔާ ކޮށްފައެވެ.

ފަސް މަހަށްވުރެ ގިނަ ދުވަހަށް ދެމިގެންގޮސްފައިވާ މި މުޒާހަރާގެ ބައިވެރިން މޫނުނިވާކޮށްގެންތިބެ ހޮންކޮންގު ގެ އެތައް ފިހާރަޔަކަށް ގެއްލުންދީފައި ވެއެވެ. ވިޔަފާރަވެރިންނަށް މިކަމުގެ ސަބަބުން ފޫނުބެއްދޭވަރުގެ ގެއްލުންތައް ވަމުންދާކަމަށް އެޤައުމުގެ ނޫސްތަކުގައި ބުނެފައި އެވެ.

މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާއިރު މުޒާހަރާގައި އުޅުނު 18 އަހަރުގެ ކުއްޖެއްގެ ގަޔަށް ވަޒަން ހެރި ޒަހަމް ވެފައިވެއެވެ.