ކޮންމެ މީހަކީވެސް ރީތި އޮމާން ހަންގަނޑެއް ބޭނުންވާނެ މީހެކެވެ. ދެޖިންސުގެ މީހުންނަކީވެސް އެމީހުންގެ މޫނުމަތި ރީތިކޮށް ތާޒާކޮށްގެންގުޅެން އަބަދުވެސް މަސައްކަތްކުރާނެ މީހުންކަން ޔަގީނެވެ. ނަމަވެސް ބައެއްފަހަރު ތެޔޮހަންގަނޑެއް ލިބިފައިވާ މީހުންނަށް އެމީހުންގެ މޫނު ރީތިކޮށް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ތެޔޮހަންގަނޑު ލިބިފައިވާ މީހުންގެ މޫނުގައި ވައިޓްހެޑްސް ނެގުމުގެ އުނދަގުލާ ދިމާވެއެވެ. އެގޮތުން ވައިޓްހެޑްސް ނެގުމުން ސާފު ނުކުރާނަމަ ދުވަސްކޮޅަކުން ބްލެކްހެޑަށް ބަދަލު ވެއެވެ. މިހާހިސަބަށް ދިޔުމުން ބްލެކްހެޑް ސަފުކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. މިހެން ކަންތައްދިމާވުމުން ބައެއްމީހުން ސެލޫނަށް ގޮސް މޫނުސާފުކުރުވައެވެ.
ތިރީގައިމިވަނީ ބްލެކްހެޑްސް އަދި ވައިޓްހެޑްސް ފިލުވާލުމަށް ގޭގައި ފަސޭހަ ކަމާއެކު ތައްޔާރުކޮށްލެވިދާނެ ފޭސް ސްކްރަބް އެކެވެ.
ބޭނުންވާނެ ތަކެތި:
1 ދޮންކެޔޮ (ޗަސްކޮށްފައި)
2 ސަމްސާ އޯޓްސް (ފުނޑާފައި)
1 ސަމްސާ މާމުއި
ތައްޔާރުކުރާނެގޮތް:
ފުނޑާފައި ހުރި އޯޓްސް، ބޯތައްޓަކަށް އެޅުމަށްފަހު މާމުއި އަދި ދޮންކެޔޮ އަޅައިގެން އެއްކުރުމަށް ފަހު ޕޭސްޓް ތައްޔާރު ކުރާށެވެ.
ބޭނުންކުރާނެގޮތް: ތައްޔާރު ކުރި ޕޭސްޓް މޫނުގައި އުނގުޅާފައި 5-7 މިނެޓްވަންދެން ވަށްބުރަކަށްވާ ގޮތަށް މަސާޖްކުރާށެވެ. އެއަށްފަހު ނިމުމުން ތާފަނާފެން ފޮދަކުން މޫނުދޮވެލާށެވެ. ދެން މޫނުގައި ހުޅުވިފައިވާ ލޯވަޅުތައް ބެއްދުމަށް މޮއިސްޗަރައިޒިން ކްރީމް އެއްބޭނުން ކުރާށެވެ. މިމާސްކް ހަފްތާއަކު ދެ ދުވަހު ބޭނުން ކުރުމުން ނަތީޖާ ފެންނާނެއެވެ.
އޯޓްސްއަކީ ހަންގަނޑުގައި މަރުވެފައި ހުންނަ ސެލްތައް އެކްސްފޯލިއޭޓް ކޮށްދީ ހަންގަނޑު ސާފުުކޮށްދޭ އެއްޗެކެޗެ. މީގެ އިތުރުން އޯޓްސްގައި ހުންނަ މާއްދާއަކުން ހަނގަނޑު ތެޔޮކޮށް ދިނުމުން ދުރުކޮށްދެއެވެ. މާމުއި އަކީ ހަނގަނޑު މޮއިސްޗާ ކޮށްދިނުމުގެ އިތުރުން އޭގައި އެންޓި ބެކްޓީރިއަލް އަދި އެންޓި މައިކްރޯބިއަލް މާއްދާތައް ހިމެނޭއެއްޗެކެވެ. ދޮންކޭލަކީ ހަންގަނޑު މޮއިސްޗާކޮށްދޭ އެއްޗެކެޗެ.