ނ.އަތޮޅު މާޅެންދޫގައި 50 އަހަރުގެ އަންހެނަކު ދަން ޖެހިފައި ހުއްޓާ ފެނިއްޖެއެވެ.
މާޅެންދޫން ވާހަކަ ދެއްކި މީހަކުބުނީ އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ ރޭފަތިހުގެ ވަގުތެއްގައި ކަމަށާއި އޭނާ ފެނުނު އިރުވެސް މަރުވެފައިވާކަމަށެވެ. 07 ކުދިން ގެ މަންމަ ދަންޖެހުނު ސިދާ ސަބަބު އަދި މިހާތަނަށް އެގިފައިނުވާއިރު އޭނާގެ ހަށިގަނޑު މިހާރު މަނަދޫ އަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ކަމާއި ގުޅިގެން އަދި ކަމާބެހޭ އިދާރާތަކުން ރަސްމީ ގޮތުން މިކަމާއި ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާކުރައްވާފައެއް ނުވެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި އަމިއްލައަށް ދަންޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު މިއީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑު ހަރާމް ކަމެކެވެ.އަމިއްލައަށް މަރުވުން ނުވަތަ މަރުވާ ފަދަ ކަމެއް ކުރުން ނުވަތަ އަމިއްލަ ހަށިގަނޑަށް ގެއްލުންދިނުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑު ފާފައެކެވެ.