English Edition
Dhivehi Edition

“އެފްއޭއެމް މައިލޯ އިންޓަރ ސްކޫލް” ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާގައި މަރަދޫ ސްކޫލް އަދި މަރަދޫ ފޭދޫ ސްކޫލް އިއްޔެ ކުޅުނު މެޗު ބޮޑު ތަފާތަކުން މި ދެ ސްކޫލްވެސް ބަލިވެއްޖެއެވެ.

އިއްޔެ މެންދުރު ކުޅުނު މެޗުން ހިތަދޫ ސްކޫލް އާއި ވާދަކޮށް މަރަދޫ ފޭދޫ ސްކޫލް 23-0 ބަލިވެފައިވާއިރު އިއްޔެ ކުޅުނު އަނެއް މެޗުގައި މަރަދޫ ސްކޫލް ވަނީ ޝަރައްފުއްދީން ސްކޫލް އާއި ވާދަކޮށް 9-2 ލަނޑުން ބަލިވެފައެވެ.

އިއްޔެ ކުޅެވުނު ފުރަތަމަ މެޗުގައި މަރަދޫ ފެދޫ ސްކޫލް އާއި ވާދަކޮށް ހިތަދޫ ސްކޫލްގެ ޖާޒީނަންބަރު 10 ނަވީން އަޙްމަދު ނަޒީރު ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ނަވީން ވަނީ މިމެޗުގައި ހިތަދޫ ސްކޫލް ޖެހި 23 ލަނޑުގެ ތެރެއިން ހަތް ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.އަދި ހިތަދޫ ސްކޫލްއިން ޖެހި ލަނޑުތަކަށް ބަލާއިރު އަޙްމަދު ރިމާހް މިމެޗުގައި 6 ލަނޑު ޖަހާފައިވާއިރު އަހްމަދު ނާހިލް ވަނީ މިމެޗުގައި ހަތަރު ލަނޑު ޖަހާފައެވެ.ދެން ހިތަދޫ ސްކޫލްއިން ޖެހި 6 ލަނޑުގެ ތެރެއިން ދެލަނޑު ސީމަން ނަސީރު،މުޙައްމަދު ށާފް ކަލީލް އަދި އަބްދުﷲ އިޔާދު ޖާދުﷲ ވަނީ ކޮންމެ ކުޅުންތެރިއަކަށް ދެ ލަނޑު ޖަހާފައެވެ.މިއީ މުމުބާރާތުގައި ފެނިގެން ދިޔަ އެންމެ ތަފާތު ބޮޑު ސްކޯއެވެ.

13 އަހަރުން ދަށުގެ އުމުރުފުރާއިގެ ދެވަނަ މެޗުގައި މަރަދޫ ސްކޫލް އާއި ވާދަކޮށް ޝަރައްފުއްދީން ސްކޫލް ވަނީ 9-2 ލަނޑުން މޮޅުވެފައެވެ މިމެޗުގައި ޝަރައްފުއްދީންގެ ލަނޑުތަށް ކާމިޔާބުކޮށްދީފައިވަނީ ހަސަން ޖައިޝަމް ތިން ގޯލް،އަހްމަދު އިސްމާއިލް އާޝިމް،އިބްރާޙިމް އަޒުވާން މުހައްމަދު އަދި އިބްރާހިމް އާލްމް މިއިން ކޮންމެ ކުޅުންތެރިއަކު އެއް ލަނޑުޖަހާއި ދީފައެވެ. ޝަރައްފުއްދީން ސްކޫލްގެ އަނެއް ދެ ލަނޑަކީ މަރަދޫ ސްކޫލް ނައުފަމް ޝަޙީމްގެ އަތުން ބާއިކޮޅައަށް ވަން ދެ ގޯލްއެވެ.

މިމުބާރާތުގެ މިއަދު ހަވީރު ކުޅެނީ 15 އަހަރުން ދަށުގެ އުމުރުފުރާގެ މެޗެކެވެ.މި މެޗުގައި ބައްދަލު ކުރާނީ އިރުޝާދިއްޔާ އަދި ޝަރަފުއްދީން ސްކޫލެއެވެ.