English Edition
Dhivehi Edition

އާސަންދަ ސްކީމްގެދަށުން ހިލޭ ކަކުލުހުޅު ބަދަލު ކުރުމަށް ކުރާ ސާޖަރީތަކުގެ ތެރެެއިން 100ވަނަ ސާޖަރީ ކާމިޔާބުކަމާއިއެކު އައިޖީއެމްއެޗްގައި މިއަދު ކޮށްފި އެވެ.

އައިޖީއެމްއެޗް އިން ބުނީ މި ސާޖަރީ ކުރެއްވީ އެ ހޮސްޕިޓަލްގެ ތަޖުރިބާކާރު ދެ ޑޮކްޓަރުން ކަމަށްވާ ޑރ.ހުސެންފައިސަލް އާއި ޑރ. އިސްމާއިލް ޒާހިރު ކަމަށެވެ.

އައިޖީއެމްއެޗްގައި ކުރި މަ ސާޖަރީގއި ހަރަކާތްތެރިވި ޑޮކްޓަރުންނާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބައްދަލުކުރައްވައި މަރުޙަބާ ިދާޅުވެފަ އެވެ. އަދި ކަކުލުހުޅު ބަދަލުކުރި ބަލި މީހާއާވެސް ނައިބު ރައީސް ވަނީ ބައްދަލުކުރައްވައި، އަވަސް ޝިފާޢަކަށް އެދިވަޑައިގެންފައި ކަމަށްވެސް އައިޖީއެމްއެޗް އިން ބުނެއެވެ.

އިތުބާރުހުރި ސިއްޙީ ނިޒާމެއް ޤާއިމްކުރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގެ ތެރޭގައި ހިމެނިފަ އެވެ. ސަރުކާރުގެ މި މަޝްރޫޢުގެ ދަށުން ދިވެހި ރައްޔިތުންނަށް މިހާރު މުޅިން ހިލޭ އާސަންދަ ސްކީމްގެ ދަށުން ކަކުލު ހުޅު ބަދަލުކުރުމުގެ ސާޖަރީ ހެދުމުގެ ފުރުސަތު އެބައޮތެވެ. މި މަޝްރޫޢަކީ ސިއްޙީ ޚިދުމަތްތައް އަވަސްކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އައިޖީއެމްއެޗްގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލްގައާއި މެޑިކާ ހޮސްޕިޓަލުން ވެސް ކަކުލު ހުޅު ބަދަލުކުރުމުގެ ޚިދުމަތް މިހާރު ލިބޭނެ އެވެ.