ފަލަކޮށް ހުރުމުން މީހުންގެ މަލާމަތް ރައްދުވެއެވެ. ފެންނަ ފެނުމުން ތަފާތުގޮތް ގޮތަށް މަލާމާތް ކޮށް ހިކޭނީ ކޮންދުވަހަކުތޯ ސުވާލުކުރުމާއި ބުލީކުރު މަކީވެސް ފަލަމީހުންނާ ދިމާވާ ހިތްދަތި ކަންކަމެވެ.
އުމުރުން 31 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ރާހުލް ބުނީ، ފަލަކޮށް ހުރުމުން އަބަދުވެސް މީހުން އޭނައަށް މަލާމާތް ކުރާކަމަށެވެ. އަދި އެއްދުވަހަކު އޮފީސްތެރޭގައި އެކަކު ކޮޅަށް ތެދުވެ އެންމެން ކައިރީ އެންމެ ވާން ބޭނުމީ ކޮންކަހަލަ މީހަކަށް ތޯ ސުވާލުކުރުމުން އޭނަ ވާން ބޭނުމީ މޮޑެލް އަކަށް ކަމަށް ބުނުމުން އެންމެ އެކީގައި ހީ މަލާމާތް ކުރިކަމަށެވެސް ރާހުލް ބުންޏެވެ. އަދި އޭނަގެ ދައްތަގެ ދަރިޔަކާ އެއްކޮށް މަގުމަތިން ދަނިކޮށް މީހަކު ތިއީ ދަރިފުޅުހޭ އެހުމުން އެދުވަހުން ފެށިގެން ހިކެން މަސައްކަތް ކުރުމަށް ކަނޑައެޅީ ކަމަށް އޭނަބުންޏެވެ.
ރާހުލްގެ ބަރުދަނުގައި ކުރިން ހުރީ 124 ކިލޯއެވެ. އޭނަގެ އިސްކޮޅުގައި 5 ފޫޓް ދިހައިންޗި ހުރެއެވެ. ރާހުލްގެ ބިޔަ ހަށިގަނޑުން އެންމެ ފަސްމަސްތެރޭގައި އޭނަވަނީ 42 ކިލޯ ލުއިކޮށް ފައެވެ.
ރާހުލް ބުނީ އޭނަ ހިކެން ކުރި މަސައްކަތުގައި ހެނދުނު ބޭނުންކުރީ ފެނުކެއްކި 2ނުވަތަ 3 ބިސް އަދި ބަނާނާ މިލްކްޝޭކް ގެ އިތުރުން އިޑްލީ ނުވަތަ ދޯސާއެވެ. މެންދުރު ކެއީ މުގުރިހަ އާއި 2 ނުވަތަ 3 ރޮށްޓެވެ. އަދި ރޭނގަނޑު ކެއީ ތަރުކާރީ ރިހައާއި ރޮށި އަދި ފެނުކެއްކި ބިހުގެ ހުދުބައެވެ.
މީގެ އިތުރުން އޭނަބުނީ ކަސްރަތު ކުރުމުގެ ކުރީން ދޮންކެޔޮވަކެއް ކާލާކަމަށެވެ. އަދި ކަސްރަތަށްފަހު ބަނޑުހައި ވާނަމަ އާފަލެއް ނުވަތަ ބްރައުން ބްރެޑް ބޭނުން ކުރާކަމަށެވެ.
ރާހުލްގެ ކެއުމަށް ގެނައި ބަދަލާއެކު އޭނަބުނީ ކޮންމެ ދުވަހަކު ހެނދުނު ސައިނުބޮއެ ހުރެ 15މިނެޓް ވަންދެން ކާޑިއޯ ހެދުމަށްފަހު ގައިގައި މަސްޖަހާފައި ހުންނަ ސަރަހައްދަށް ހާއްސަކަސްރަތު ކުރުމާއި 60 ޕުޝަޕްސް ހަދާކަމަށެވެ. އަދި ހަފްތާ އަކު 6ދުވަހު ހަވީރު ވެއިޓް ޓްރެއިނިންގ ހެދިކަމަށެވެ. އަދި ކޮންމެ އާދީއްތަ ދުވަހަކީ އޭނަ އަރާމުކުރާ ދުވަހެއްގެ ގޮތުގައި ކަނޑައެޅި ކަމަށެވެ.
ބަރުދަން ލުއިކުރުމަށްކުރި ދަތުރުގައި އޭނަބުނީ އެންމެ ބޮޑުބަދަލެއް ހަށިގަނޑަށް އަންނަން ފެށިކަން ފާހަނގަ ކުރެވުނީ ކެއުމުގައި ކުޑަ ޕޯޝަން އެއް ހިމެނުމާއި ކުރިން ރޭގަނޑުކެއިނަމަވެސް ބަރުދަން ލުއިވާން ފެށުމުން ރޭގަނޑު 7ގެ ފަހުން އެއްގޮތަކަށްވެސް ނުކައި ފެންބުއިމުން ކަމަށެވެ.
ރާހުލް ބުނިގޮތުގައި ހިކެންބޭނުންވާ މީހުންނަށް އޭނަ ދޭންބޭނުންވާ މެސެޖަކީ، ކެތްތެރިކަމާ އެކީގަދައަޅައި ހިކެން މަސައްކަތް ކުރުމެވެ. ހިކެން ކުރާމަސައްކަތުގައި ބައެއްފަހަރު މިއީ ނުވާނެ ކަމެއް ކަމަށް އޭނައަށް ވެސް ހީިވި ނަމަވެސް ކެތްތެރިވެގެން ނޫނީ ހަށިގަނޑު ޝޭޕް ނުކުރެވޭނެ ކަމަށް އޭނަބުނެއެވެ.