English Edition
Dhivehi Edition

އައްޑޫސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގެ ސެކިޔުރިޓީ ބެލެހެއްޓުން ސަންރައިޒް ސެކިޔުރިޓީ ސާވިސްއާ މިއަދު ހަވާލު ކޮށްފިއެވެ. އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރ އަބްދުﷲ ތައްޔިބު ވިދާޅުވީ މިއަދުން ފެށިގެން އެ ގަބުރުސްތާނުގެ ސެކިޔުރިޓީ ބަލަހައްޓަމުން ގެންދާނީ ސިޓީކައުންސިލްގެ ޒިންމާގެ ދަށުން ސަންރައިޒް ކުންފުނިންނެވެ. އެކުންފުނިން 24 ގަޑިއިރު ކޯގަންނު ގަބުރުސްތާން ބަލަހައްޓަމުން ގެންދާނެ ކަމަށް ތައްޔިބު ވިދާޅުވިއެވެ. މީގެ ކުރިން ފުލުހުންވެސް ވަނީ ކޯގަންނު ގަބުރުސްތާނުގެ ސެކިޔުރިޓީ ބަލަހައްޓައިފައެވެ. ކޯގަންނު ގަބުރުސްތާނުގައި ސެކިޔުރިޓީ ބަލަހައްޓަން ފަށައިފައިވަނީ އެތަނަށް ބަޔަކު ވަދެ ބައެއް މަހާނަގައުތައް ހަލާކުކޮށް ތަނަށް ގެއްލުން ދިނުމުންނެވެ. ކޯގަންނު ގަބުރުސްތާނަކީ އެތައް އަހަރެއް ވެފައިވާ ގަދީމީ ތަނެކެވެ.