English Edition
Dhivehi Edition

އުމުރުން 67 އަހަރުގެ ޗައިނާ އަންހެނަކު މާބަނޑުވެ، ސިއްޙަތު ރަނގަޅު އަންހެން ކުއްޖަކު ވިހައިފިއެވެ.

މީގެ 10 އަހަރު ކުރިން ދުނިޔޭގެ ރިކޯޑްފޮތަށް އަރާފައިވާ އަންހެންމީހާއާ ވާދަ ކޮށް، 67 އަހަރުގެ ޓިއަން ގުދުރަތީގޮތުން މާބަނޑުވެ މިކުއްޖާ ވިހެއުމުން އޭނަ ދުނިޔޭގެ ރިކޯޑްފޮތަށް އަރާނެކަމަށް ބެލެވޭ ކަމަށް ޗައިނާގެ ނޫސްތަކުން ބުނެއެވެ.

ޓިއަން އާހަވާލާދީ ޗައިނާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވާގޮތުގައި އޭނަ ބަލިވެ އިންކަން އެނގުނީ އާދައިގެ މަތިން ހަދަމުން ދިޔަ މެޑިކަލްޗެކަޕްއެއް ހައްދަން ހޮސްޕިޓަލަށް ދިޔުމުން ނެވެ. ޓިއަންވަނީ މީގެ ކުރިން ދެކުދިން ވިހައިފައެވެ. އޭނާ ބުނީ އެއީ 1977 ވަނަ އަހަރުތެރޭގައެއެވެ. އަދި އޭރު ޗައިނާ ސަރުކާރުން “ވަން ޗައިލްޑް ޕޮލިސީ” އާބާދީ ކުޑަކުރުމަށް ކަނޑަނާޅަނީސް ކަމަށް އޭނަ ބުނެއެވެ.

ބަރުދަނުގައި 2.5 ކިލޯހުރި މި އަންހެން ކުއްޖާ އަކީ ނޭނގިތިއްބައި ލިބުނު ކުއްޖަކަށް ވީނަމަވެސް ޓިއަން އަދި އޭނަގެ 68އަހަރުގެ ފިރިމީހާ ބުނީ މިއުމުރުގައިވެސް ދަރިޔަކު ލިބުމަކީ ވަރަށް އުފާވާ ކަމެއްކަމަށެވެ. ތުއްތު ކުއްޖާ އަށް މިދެމަފިރިން ދީފައިވާ ނަމަކީ “ޓިއަންސި” (ގިފްޓް ފްރޮމްގޮޑް) އެވެ.

ދާދިފަހުން އިންޑިއަގައިވެސް ވަނީ އުމުރުން ދުވަސްވީ ދެމަފިރިއަކަށް އެއްމާބަނޑު ދެކުދިން ލިބިފައެވެ.