English Edition
Dhivehi Edition

ވަޒީފާގެ ބިރު ދެއްކި ނަމަވެސް ދީނާއި ހިލާފްކަމެއް އެއީ ދީނާއި ހިލާފް ކަމެކޭ ބުނުން ހުއްޓައެއް ނުލެވޭނެކަމަށް އައްޝައިހު އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

އިލްޔާސް ހުސައިން މިހެން ވިދާޅުވީ ހަމަ ނުޖެހުމަށް ގޮވާލާ ހިންގާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރިނުވުމަށް ބާރު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ސާވިސް ކޮމިޝަންގައި އެދިވަޑައިގެންފައި ވަނިކޮށެވެ.

ރޭ އިލްޔާސް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކިތަންމެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވިޔަސް އަދި ވަޒީފާގެ ބިރު ދެއްކި ނަމަވެސް ދީނާއި ހިލާފްކަމަށް އެއީ ދީނާއި ހިލާފް ކަމެކޭ ބުނުން ހުއްޓައެއް ނުލެވޭނެކަމަށެވެ. މީގެ އިތުރުން އިލްޔާސް ވަނީ އިލާހީ ކޯފާއިން ސަލާމަތްވުމަށް ނުބައި ކަންތައްތައް ހުއްޓުވައި ދިނުމަށް ކަމާބެހެެ ފަރާތްތަކަށް ގޮވާލާފައެވެ.

މޯލްޑިވަސް ޑިމޮކްރެސީ ނެޓްވޯޓް (އެމްޑީއޭ)އިން އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ގިނަ ބަޔަކު މުޒާހަރާކުރަމުން އަންނަ އިރު މި މައްސަލައާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ