English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ 26ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު “ ސްޓްރޯބެރީ ލެމަނޭޑް” ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

1/2 ޖޯޑު ލުނބޯ ހުތް

1/3 ތަށި ހަކުރު

1/3 ތަށި ފެން

3 ސްޓްރޯބެރީ (ކުދިކޮށް ކޮށާފައި)

20-30 މިންޓް ލީވްސް

5 އައިސް ކިއުބް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ސިރަޕް ހެދުމަށް، ތެއްޔަކަށް ހަކުރު އަދި ފެން އަޅައި އެއްކޮށްލާށެވެ. މެދު ގިނީގައި 5-10 މިނެޓު ވަންދެން ހަކުރު ވިރެން ދެން ކައްކާލާށެވެ.

ދެން ތައްޓަކަށް ލުނބޯ ޖޫސް، ކުރިން ތައްޔާރުކުރި ސިރަޕް، ސްޓްރޯބެރީ، މިންޓް ލީފް އެޅުމަށް ފަހު ރަހަ ނިކުންނަ ވަރަށް ޗަސްކޮށްލާށެވެ. އެއަށް ފަހު ފެނާއި އައިސް ކިއުބް އަޅައި އެއްކޮށްލާށެވެ.