އިއްޔެ މެންދުރުގެ ވަގުތެއްގައި ގެއްލިގެން ހޯދަން އިއުލާނު ކޮށްފައިވާ އަންހެން މީހާ ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އިއްޔެ، ފުލުހުން ގެއްލިގެން ހޯދަން އިއުލާންކޮށްފައިވަނީ ކ. މާލެ އާމިނަތު ނަޝާ ނާޝިދު ނަމަކަށް ކިޔާ 23 އަހަރުގެ އަންހެނެކެވެ.މި އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު 01:30 ހާއި ނަޝާ ގެއްލިގެން ފުލުހުންނަށް އަންގާފައިވާއިރު ފުލުހުން ވިދާޅުވީ ނަޝާ ފެނިފައިވާ ކަމަށާއި ފެނުނު އިރު ހާލުވެސް ރަނގަޅު ކަމަށެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައިނުވާއިރު އެ އަންހެން މީހާ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.