English Edition
Dhivehi Edition

އޮޑިދޯނިފަހަރަށް ފެންލިބޭނެ އިންތިޒާމް ހިތަދުއާއި، މަރަދޫގައި ހަމަޖެއް ސުމަށްޓަކައި އައްޑޫސިޓީ ކައުންސިލުން ބަޔަކާ ހަވާލު ކޮށްފިއެވެ. އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރ އަބްދުﷲ ތައްޔިބު މިއަދު ވިދާޅުވީ އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ވަސަން މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެމަސައްކަތް މިއަދު ފަށައިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއީ ސިޓީކައުންސިލުން އަށްލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. މަޝްރޫއުގެ ދަށުން ހިތަދޫ ބަނދަރުގައި 9 ފެން އިސްކުރު ބަހައްޓާނެއެވެ. އަދި މަރަދޫ ބަނދަރުގައި 5 ވަރަކަށް އިސްކުރު ބަހައްޓާނެއެވެ. ތައްޔިބު ވިދާޅުވީ ބޭނުންވަރަކަށް އިސްކުރު އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މިމަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 25 ދުވަހެވެ. “އަޅުގަނޑު އުންމީދު ކުރަނީ މިމަސް ނިމުމުގެ ކުރިން މި މަސައްކަތް ނިމި ފެންލިބޭވަރުވާނެ ކަމަށް. މިއީ ރޯދަމަހާ ގާތްކޮށް ކައުންސިލުން ކުރާ ވަރަށް މުހިންމުކަމެއް. މަސްވެރިންވެސް ވަރަށްބޮޑަށް އެދިއެދި ތިބި ކަމެއްމިއީ،” ތައްޔިބު ވިދާޅުވިއެވެ. “މި މަޝްރޫގެ ދަށުން ޕަމްޕުސްޓޭޝަން ހެދުމާއި، ހޮޅިލައިން އެޅުމާއި، ގުޅުމާއި، ކަރަންޓު ލުންވެސްލާނެ. ކަރަންޓުވެސް ލާނީ ކޮންޓެކްޓަރ، ޕަންޕުވެސް ގަންނާނީ ކޮންޓެކްޓަރ. ހުރިހާ މަސައްކަތެއްވެސް ކުރާނީ ކޮންޓެކްޓަރ،” ތައްޔިބު ވިދާޅުވިއެވެ.