English Edition
Dhivehi Edition

އާޓިފިޝަލް އިންޓެލިޖަންސް (އޭއައި)ގެ ފަންނިއްޔާތާ ގުޅޭ ގާނޫނީ ފްރޭމްވޯކް ހިމެނޭގޮތަށް މާސްޓާޕްލޭނެއް އެކުލަވައިލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުއެވެ.

ކެބިނެޓުން އެކުލަވާލަން ނިންމާފައިވާ މާސްޓާޕްލޭންގައި، އޭއައިގެ ފަންނިއްޔާތު މެދުވެރިކޮށް އިގުތިސާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާއި، އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވާނެ ގޮތްތަައް އެކުލަވައިލަން ވަނީ ނިންމަވައިފައެވެ.

މީގެއިތުރުން އެޓެކްނޮލޮޖީގެ ބޭނުން ހިފުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރާނެ ޤާނޫނީ ފްރޭމްވަރކެއް ހިމެނޭ ގޮތަށް އަދި މިފަދަ ކަންކަމުގައި ސަރަހައްދީ ޤައުމުތަކުން ޢަމަލުކުރަމުންދާ ގޮތްތައްވެސް ބައްލަވައި މާސްޓަރޕްލޭނެއް އެކުލަވާލެއްވުމަށް ނިންމަވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވާލެއްވުމަށްފަހު، މިކަމާ ގުޅޭ ކަރުދާސްތައް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ކަނޑައަޅުއްވާފައެވެ.