ހަމަ ނުޖެހުމަށް ގޮވާލާ ހިންގާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރިނުވުމަށް ބާރު އަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ސާވިސް ކޮމިޝަންގައި އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ ހަމަނުޖެހުމަށް ގޮވާލާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ސިިވިލް ސާވިސް މުވައްޒަފުންނަށް ބާރު އަޅުއްވައި ދެއްވުމަށް ނަޝީދު އެދިވަޑައިގެންނެވީ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެެވެ.ނިއުޝާ ވިދާޅުވީ މި ބައްދަލުވުމުގައި އެއްވެއުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ސިވިސް ސާވިސް މުވައްޒަފުންނަށް ފުރިހަމައަށް ލިބިދޭކަން މަޖިލީހުގެ ރައީސް ފާހަގަކުރައްވާފައިވާ ކަމަށާއި އެހެންނަމަވެސް ހަމަ ނުޖެހުމަށް ގޮވާލާ ހިންގާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރި ނުވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާކަމަށެވެ. މީގެ އިތުރުން ނަޝީދުވަނީ އޮފީސްތަކުގެ ޒިންމާދާރު އިސްވެރިންނަށް ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގައި ދިނުމަށް ސީއެސްސީގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ރައީސް ނަޝީދު މި ގޮތަށް އެދިވަޑައިގެންފައި މިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މޯލްޑިވަސް ޑިމޮކްރެސީ ނެޓްވޯޓް (އެމްޑީއޭ) އާއި ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާކުރަމުން ދާ ދަނޑިވަޅެއްގައެވެ.