މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަކީ ވަކި ޕާޓީއެއްގެ ޝިޔާރެއް ނޫން ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.
#BanMDN akee vaki party ehge shiaareh noon! Eiy L bayaku thayyaar kuri, L reporteh gai, mi Qaumuge ge dynaa, Qaanoonah faalhugai gonjehumun, Dhivehi Muslim daringe hithuga elhi thadhun ufedigen ulhey kameh! Sarukaarun #MDN uvaalinama #Ban ey bunan nujehunys. Olhuvaanlan noolhey!
— Ali Zaid (@alizaid1000) October 26, 2019
އެ ޓްވީޓްގައި ޒައިދު ވިދާޅުވެފައި ވަނީ އެމްޑީއެން އުވާލުމަކީ ވަކި ޕާޓީއެއްގެ ޝިޔާރެއް ނޫން ކަމަށާއި، އެއީ ލާދީނީ ބަޔަކު ތައްޔާރުކުރި ލާދީނީ ރިޕޯޓެއް ކަމަށެވެ. ނަމަވެސް އެ ޝިޔާރަކީ މިޤައުމުގެ ދީނާ، ޤާނޫނަށް ފާޅުގައި ގޮންޖެހުމުން ދިވެހި މުސްލިމް ދަރިންގެ ހިތުގަ އެޅި ތަދުން އުފެދިގެން އުޅޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
“ސަރުކާރުން އެމްޑީއެން އުވާލިނަމަ ‘ބޭން’ އޭ ބުނަން ނުޖެހުނީސް. އޮޅުވާލަން ނޫޅޭ”، ޝެއިޚް ޒައިދު ވިދާޅުވި އެވެ.
މީގެ އިތުރުން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އެންމެ ފުރިހަމަ ޑިމޮކްރެސީ ކަމަށް ދައުވާކުރާ ޕާޓީގެ އިސް ބަޔަކު ބޭނުންވަނީ ‘ހިޕޮކްރިސީ’ އިސްކޮށް، މެޖޯރިޓީ އެދޭ ގޮތް ފުނޑާލައި، ޙައްޤުތައް ހަނިކޮށް، ﷲ އާއި ރަސޫލާ އަށް ހަޖޫޖެހި އެމްޑީއެން ހިމާޔަތް ކުރަން ކަމަށެވެ.
Raajje ge enme furihama Democracy kamah dhauva kuraa party ge iss bayaku beynun vanee: Hypocrisy iskoh, majority edhey goi fundaalai, hagguthah hanikoh, Allah aa Rasoola SAW ah hajoojehi #MDN himaayai kuran.
Mi #MDN akee mi meehunge nahalaal dhari. #MDN Uvaalaa!#BanMDN
— Ali Zaid (@alizaid1000) October 26, 2019
“މި އެމްޑީއެން އަކީ މި މީހުންގެ ނަހަލާލް ދަރި. އެމްޑީއެން އުވާލާ!”، އެ ޓްވީޓްގައި ޒައިދު ވިދާޅުވެފައި ވެއެވެ.
ޝެއިޚް ޒައިދު މިފަދައިން ޓްވީޓް ކުރެއްވިއިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައި ވަނީ އެމްޑީޕީ އިން 2018ގެ ރިޔާސީ އިންތިޚާބަށް ނިކުތީ އެހެން ތިން ބަޔަކާއެކު އެއްބައިވަންތައް ސަރުކާރެއް އުފެއްދުމަށް ކަމަށާއި، އެ ސަރުކާރުގަ ދީނީ ކަންކަން ގެންދާނެ ގޮތަކީ އަދާލަތު ޕާޓީ (އޭޕީ)ގެ ހުށަހެޅުން ކަމަށް އެމްޑީޕީ ޤަބޫލްކުރި ކަމަށެވެ.
އަދި އޭގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސިޔާސީ ޝިޔާރަށް ނުވަތަ 2015 ވަނަ އަހަރު ނެރުނު ރިޕޯޓަކަށް ޢަމަލުކުރަން ޖެހޭ ކަމަކަށް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.