ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ވެރިކަމުގައި އެމަނިކުފާނާއި އެންމެ އަރިސް އަދި އެމަނިކުފާނުގެ ނައިބަކަށް ހުންނެވި އަހްމަދު އަދީބު އަބްދުލްޣަފޫރު ދިވެހި ސަރުކާރަށް އެންގުމަށް ނެތި އިންޑިޔާއަށް ފިއްލެވި މައްސަލާގައި އޭނާ ފިއްލެވި ގަޓްބޯޓުގެ ކެމްޕްޓަނާއި ޗީފް އިންޖިނިއަރު ޖަލަށްލާން ހުކުމް ކޮށްފިއެވެ.
ޓަގް ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖީނިއަރުގެ މައްޗަށް 3 މަސް ދުވަހާއި 18 ދުވަހުގެ ޖަލުހުކުމެއް ކޮށްފައިވާއިރު މިމީހުންގެ މައްޗަށް ޖަލު ހުކުމް ކޮށްފައިވަނީ އަދީބު ފިލުވުމުގައި އެހީތެރިވެދީފައިވާތީ ޤާނޫނު ހިންގަން ހުރަސްއެޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އިންޑޮނޭޝިއާއަށް ނިސްބަތްވާ އެދެމީހުންނަށް ޖަލު ހުކުމް ކުރީ އެދެމީހުންގެ މައްޗަށް ކުށް ސާބިތުވެ ދެމީހުންވެސް އެއްބަސްވުމުންނެވެ.
އަހުމަދު އަދީބު ގެ މައްޗަށް މިހާރުވެސް ދައުލަތަކުން ދަނީ ދައުވާތަކެއް ކޮށްފައެވެ.