English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ވެރިކަމުގައި އެމަނިކުފާނާއި އެންމެ ގާތުން މަސައްކަތް ކުރެއްވި އޭރުގެ ނައިބު ރައީސް ގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލައިގެ ޝަރީއަތްތައް ލައިވްކޮށްދޭން އަދީބު އެދިވަޑައިގެންފި އެވެ.

އަހްމަދު އަދީބު ގެ ޤާނޫނީ ވަކީލު ވިދާޅުވީ އަދީބުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ޝަރީއަތް ލައިވްކޮށްދޭން އަދީބް އެދިފައިވާ ކަމަށާއި ގޮތަށް އެދުނީ އެ މައްސަލާގައި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ހުރުމާއި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ޝަރީއަތް ކުރިއަށް ގެންދަން އަދީބު ބޭނުންފުޅު ވާތީ ކަމަށެވެ.

އަހްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ޕީޖީން އުފުލާފައި ވަނީ އެމްއެމްޕީއާރުސީ ހިޔާނާތާގެ ދައުވާއެވެ. އޭނާގެ މައްޗަށް 7 ދައުވާއެއް އުފުލާފައިވާއިރު އަދި މައްސަލަތަކުގެ ޝަރީއަތްތަކެއް ނުފަށަ އެވެ.

ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައި ޝަރީއަތް ރަސްމީ ޓީވީ އިންލައިވްކޮށް ދައްކައެވެ.