English Edition
Dhivehi Edition

ފަރެސްމާތޮޑާ ސިއްޙީމަރުކަޒުން މިއަދު ނެރުނު ނޫސްބަޔާނަކީ ލިޔުމުގައި ސައްހަނޫން މައުލޫމާތާއި އިބާރާތުގެ ކުއްތައް ހުރުމުން ރަނގަޅުކުރަން މުވައްޒަފު ކައިރީ ބުނުމުން ވެސް ރަނގަޅުނުކޮށް މުވައްޒަފުގެ އިހުމާލުން މީސްމީޑިޔާއަށް ލީ އިއުލާނެއް ކަމަށް ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ބުނެފިއެވެ.

މިރޭ ފަރެސްމާތޮޑާ ސިއްހީ މަރުކަޒުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ނޫސް ބަޔާނުގެ ބޭނުމަކީ ޑަބްލިއު.އެޗް.އޯ އާއި އެޗް.ޕީ.އޭ އާއި ގުޅިގެން 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއިން ލެޕްރަސީ އެއްކޮށް ނައްތާލުމަށް ޓަކައި މިއަހަރުގެ ޖޫންމަހު ފަށާފައިވާ “ޒީރޯ ލެޕްރަސީ” މަސައްކަތުގެ ތެރެއިން، ފަރެސްމާތޮޑާ ގެ ރައްޔިތުން ލެޕްރަސީއަށް ސްކީން ކުރުމަށް ބާރުއެޅުމަށް ރައްޔިތުންނަށް އެންގުމަށް ނެރުނު ރިޕޯޓެއް ކަމަށެވެ.

އެ ރިޕޯޓުގައި މައްސަލަތައް ހުރުމުން މުވައްޒަފު ކައިރީ އިސްލާހުކުރުމަށް ބުނުމުން އިސްލާހު ނުކޮށް މުވައްޒަފުގެ އިހުމާލުން އެ އިއުލާން އާންމުވީ ކަމަށް ސިއްހީ މަރުކަޒުގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި 17 އޮކްޓޯބަރ 2019 އަށް ލެޕްރަސީ ސްކްރީން ކުރުމަށް އިއުލާނެއް ކޮށްފައި ނުވާނޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ލެޕްރަސީ ނުވަތަ ޖުޒާމް ބައްޔަކީ 1960ގެ އަހަރުތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެތުރުނު ނުރައްކާތެރި ބައްޔެކެވެ.