English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު، އަލީ އާރިފް އައްޔަންކޮށްފި އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ކުރިން ހުންނެވި އަލީ އާރިފް، އެ ޕާޓީ އިން ވަކިވެވަޑައިގެން ޖޭޕީ އާއި ގުޅިވަޑައިގެންނެވީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.

އަލީފް އާރިފް އަށް މަޤާމުގެ މަސްއޫލިއްޔަތުގެ ލިޔުން ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި، އޭނާ އާއި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް އެވެ. އެ ބައްދަލުވުމުގައި ލިޔުމާއި ހަވާލުވެވަޑައިގަތުމަށްފަހު އަލީ އާރިފް ވަނީ މަޤާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް ތެދުވެރިކަމާއެކު އަދާކޮށްދެއްވާނެކަމުގެ ޔަޤީންކަން ޕާޓީގެ ލީޑަރަށް އަރުވައިފަ އެވެ.

މީގެ ކުރިން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވީ ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދެވެ.

ފަހަކަށް އައިސް ގިނަ ބޭފުޅުން ޖޭޕީ އާއި ގުޅެމުން އަންނައިރު، އިދިކޮޅު ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންވެސް ވަނީ ދާދިފަހުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފަ އެވެ.