English Edition
Dhivehi Edition

އައްޑޫ ސިޓީގައި މަތީ ތައުލީމު ދިނުމަށް އިންސްޓިޓިއުޝަން ޤާއިމްކުރުމަށް ވިލާ އެޑިއުކޭޝަނަށް ބިމެއް ދޫކޮށްފި އެވެ.

އެގޮތުން ވިލާ އެޑިއުކޭޝަނަލް ސަރވިސަސް އާއެކު ބިން ދޫކުރުމާއި ގުޅޭ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. ވިލާ އަށް ދޫކޮށްފައި ވަނީ 2،500 އަކަފޫޓުގެ ބިމެކެވެ.

އައްޑޫ ސިޓީ ކައުންސިލުން މި ގޮތައް ނިންމީ 29 އެޕްރީލް 2019 ގައި ބޭއްވި އެ ކައުންސިލްގެ 91 ވަނަ ބައްދަލުވުމުގައެވެ. ކައުންސިލުން ބުނީ މި ގޮތަށް ނިންމީ އައްޑޫގެ ތަރައްޤީގެ ޕްލޭންގައިވާ ތައުލީމީ ސިޔާސަތު ހާސިލްކުރުމަށް މަސައްކަތް ކުރުމަށް ކަމަށެެވެ.

އިންސްޓިޓިއުޝަން ގާއިމުކުރުމަށް ބިން ބޭނުންވާ ފަރާތްތަކަށް ބިޑް ވިއްކުމަށް ހުޅުވާލީ މިދިޔަ ޖޫން މަހުގެ 17 އިން 23 އަށެވެ. އެގޮތުން ކައުންސިލުން ދޫކޮށްފައި ވަނީ 5 ހާސް އަކަފޫޓްގެ 2 ބިން (ޕްލޮޓް1)، 10 ހާސް އަކަފޫޓްގެ 1 ބިން (ޕްލޮޓް 2) އަދި25 ހާސް އަކަފޫޓްގެ 1 ބިން (ޕްލޮޓް 3)ކެވެ.

މަތީ ތަޢުލީމުދޭ އިންސްޓިޓިއުޝަނެއް ޤާއިމްކުރުމަށް ވިލާ އެޑިއުކޭޝަނަށް މިއަދު ބިމެއް ދޫކުރިއިރު، މިހާރުވެސް އައްޑޫ ސިޓީ ހިތަދޫގައި ވިލާ ކޮލެޖުގެ ކެމްޕަހެއް ހިންގަމުން ދެއެވެ.