ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދަކީ ދައުލަތުގެ އެއްވެސް މަޤާމެއް އަދާކުރައްވަން ޙައްޤު ބޭފުޅަކު ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިޤު (ޓޮމް) ވިދާޅުވެއްޖެ އެވެ.
ތޯރިޤު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
MDN ge massala balan MDN ge Deputy Chairperson, Police Commissioner Hameed isthiufaa dhevva. Manikufaanu ah haqqeh noon Dhivehi dhaulath ge maqaameh adhaa kuraakah. @PoliceMv @dr_iyaz @alizaid1000 pic.twitter.com/RPf4Eg9tOB
— Ahmed Thariq (@AhmedThaariq) October 19, 2019
އެ ޓްވީޓްގައި އޭނާ ވަނީ އެމްޑީއެންގެ މައްސަލަ ބެލުމަށްޓަކައި އެމްޑީއެންގެ ޑެޕިއުޓީ ޗެއާޕާސަންގެ މަޤާމް އަދާކުރައްވާފައިވާ މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، މަޤާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ.
“މަނިކުފާނު އަށް ޙައްޤެއް ނޫން ދިވެހި ދައުލަތުގެ މަޤާމެއް އަދާކުރާކަށް”، އެ ޓްވީޓްގައި ތޯރިޤު ވިދާޅުވެފައި ވެއެވެ.
ތޯރިޤު މިހެން ވިދާޅުވެފައި މިވަނީ ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު ޖަމިއްޔާ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގައި މީގެ ކުރިން ސީޕީ ހަމީދު މަސައްކަތްކުރައްވާފައި ކަމަށް ފުލުހުން މިއަދު ހާމަކޮށްފައި ވަނިކޮށެވެ.
ފުލުހުން ބުނީ ސީޕީ މުހައްމަދު ހަމީދު ފުލުހުންގެ ވަޒީފާ އަދާކުރައްވމުން އެމްޑީއެންގެ އެއްވެސް މަޤާމެއް އަދާކުރައްވާފައި ނުވާ ކަމަށާއި، އެޖަމިއްޔާގައި މަސައްކަތްވެސް ކުރައްވާފައި ނުވާ ކަމަށެވެ. ނަމަވެސް، ސީޕީ ފުލުހުންގެ ވަޒީފާއާއި ދުރުގައި ހުންނެވި ދުވަސްވަރު އަމިއްލަ ހައިސިއްޔަތުން އެމްޑީއެންގައި ވަރަށް ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރައްވާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، އެމްޑީއެންގެ ޑެޕިއުޓީ ޗެއާޕާސަންގެ މަޤާމުގައި ހުންނަވައިގެން ސީޕީ ހަމީދު ބޭރުގެ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެން ވާހަކަދެއްކެވި މަންޒަރު ފެންނަ ވީޑިއޯއެއްވެސް މީސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.