English Edition
Dhivehi Edition

އައްޝައިޚް އިލްޔާސް ޙުސައިންގެ ބޮޑު ދަރުހެއް މިމަހު 25 ވާ ހުކުރު ދުވަހުގެ ރޭ 20:30 ހުގައި މާލޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ. އަދާލު ޕާޓީން މިގޮތަށް ބުނީ އެ ޕާޓީން ދެންމެ ފޭސްބުކަށް ޕޯސްޓު ކުރި ޕޯސްޓެއްގައި އެވެ.

އަދާލަތުގެ ޕޯސްޓުގައި ވާގޮތުން ޝެއިޚް އިލްޔާސް ދަރުސް ދެއްވަން ހަމަޖެހިފައިވަނީ “ލޮބުވެތި ނަބިއްޔާ” މި މައުޞޫ އަށެވެ.

އަދާލަތުން “ލޮބުވެތި ނަބިއްޔާ”، މި މައުޞޫ އަށް ބޮޑު ދަރުހެއް މާލޭގައި ބާއްވަން ނިންމާފައިވާއިރު މި ދުވަސްވަރަކީ ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ފުރަށްސާރަކޮށް ރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް(އެމްޑީއެން) އިން ފުރަށްސާރަކޮށް ރިޕޯޓެއް ނެރެގެން އެ ޖަމިއްޔާއި ދެކޮޅަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންނާއި ރައްޔިތުން ނުރުހުން ފާޅުކުރަމުންދާ ދުވަސްކޮޅެއް ވެސް މެއެވެ.

ސަރުކާރުން މިހާރު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަސްޕެންޑް ކޮށްފައިވާއިރު އެ ޖަމިއްޔާއާއި ދެކޮޅަށް ފިޔަވަޅުއަޅަން ވެސް ވަނީ ނިންމާފައެވެ.

ރާއްޖޭގެ ދީނީ އިލްމުވެރިން މިކަމާއި ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި ވެސް ބައްދަލު ކުރައްވައިފި ވާހަކަފުޅު ދައްކަވާފައިވާއިރު އިސްލާމިކް މިނިސްޓްރީން ވެސް ވަނީ އެމްޑީއެންގެ ރިޕޯޓް ކުއްވެރިކޮށްފައެވެ.