އުމްރާއަށް މީހުން ގޮވައިގެން ދިޔަ ބަހަކާއި މުދާ ބަރުކޮށްގެން ދިޔަ ވެހިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބަހުން ދަތުރުކުރި 35 މީހަކު ނިޔާވެ 4 މީހަކަށް ސީރިޔަސް އަނިޔާތަކެއް ވެއްޖެއެވެ. ސައުދީގެ ރަސްމީ ޓީވީން ބުނީ މި ހާދިސާ ހިނގާފައި ވަނީ މާތް ވެގެންވާ މަދީނާ ސިޓީ ކައިރީގައި ކަމަށެވެ.
އެޤައުމުގެ ޙަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓު ކުރާ ގޮތުގައި އެކްސިޑެންޓް ވި ބަހުގައި ދަތުރުކުރީ ޢަރަބިންނާއި އޭޝިޔާ ބައްރުގެ މުސްލިމުން ކަމަށެވެ. އަނިޔާވި ފަރާތްތައް އަލް-ހަމްނާ ހޮސްޕިޓަލަށް ގެންދެވިފައިވާއިރު ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ މިހާދިސާ ހިނގާދިޔަގޮތުގެ އިންވެސްޓިގޭޝަނެއް ފަށާފައެވެ.
މީގެ ކުރީގައި ވެސް މަދީނާގެ ކައިރީގައި މިކަހަލަ ހާދިސާތަކެއް ވަނީ ހިނގާ އެތައް ބައެއްގެ ފުރާނަ ވަނީ ގޮސްފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ އެޕްރިލް ގައި ހިނގި މިކަހަލަ ހާދިސާއެއްގައި ބަހުން ދަތުރުކުރި 4 މީހަކު ނިޔާވެ 12 މީހަކަށް ވަނީ އަނިޔާ ވެފައެވެ.
2017 ވަނަ އަހަރު މަދީނާ ކައިރީގައި ހިނގި ބަސް އެކްސިޑެންޓެއްގައި 6 މީހަކު ނިޔާވި އިރު މީގެ ތެރޭގައި 2 މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ. ޔޫ